ބައިވެރިންގެ 20 ޕަސަންޓް އަންހެނުންނަށް ޚާއްސަކޮށް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މިއަދު ހުޅުވާލައިފިއެވެ.
ޖުމްލަ 130 މީހަކަށް ފުރުސަތު ދީގެން ހަ މަސް ދުވަހަށް ހިންގާ، އެޗް.ޑީ.ސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ހަ ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިންގ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް"ތަކާ އެއްގޮތަށް ކަމަށާއި ޕްރޮގްރާމް ފުރިހަމަ ކުރާ މީހުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
މި އަހަރުގެ ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވިގެންދާނެ އެވެ.
އެ ދާއިރާތަކަކީ:
- ވެލްޑިން
- ޕްލަމްބިން
- އިލެކްޓްރިކަލް
- ކާޕެންޓަރ
- ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް
- ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރ
- ބިލްޑިންގް މެއިންޓަނެންސް
- މޭސަނަރީ
- ގާޑަނިން
- ހެވީ ވެހިކަލް
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗް.ޑީ.ސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެޗް.ޑީ.ސީއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި މިދިޔަ އެޕްރީލް 26 ގައި ވަނީ ސޮއިކޮށްފައެވެ.
އެޗް.ޑީ.ސީން ބުނީ 3،000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެ ކަމުގައެވެ. އަދި ގިނަ ދާއިރާތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ހައްލުކުރުމުގައި އެހީތެރިވެދިނުމާއި ތަމްރީނު ދޭ އިންސްޓިޓިއުޓު ހޯދުމާއި އިންސްޓިޓިއުޓަށް ދޭ ފައިސާ ހަމަޖެއްސުން އަދި ފާސްވާ ދަރިވަރުންނަށް ނޭޝަނަލް ސެޓްފިކެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވަނީ އެއްބަސްވެފައި ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
130 މީހަކަށް ފުރުސަތުދޭ އެޗް.ޑީ.ސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ



advertisment

