Support Us

އެސްޓީއޯ އިން އިންތިޒާމްކުރި "އައި.ވީ ޗިލްރަންސްޑޭ"- ތަފާތު ހަރަކާތެއް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "އައި.ވީ ޗިލްރަންސްޑޭ"ގެ ނަމުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިއްޔެ ހަވީރު ބޭއްވި ހަވީރަކީ ވަރަށް ތަފާތު ހަވީރެކެވެ. ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ހަވީރުގައި ކުޑަކުދިންގެ މަގުބޫލު ރޮބޯމޭން ވަނީ ކުޑަކުދިންގެ ފެވަރިޓް ޔޯގަޓް ޑްރިންކްގެ މުޅިން އައު ޕެކެޓް ދައްކާލައިފައެވެ.

އިއްޔެގެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެ، ތަފާތު ކުޅިވަރުތައް ކުޅެ، އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައެވެ.

ކުޅިވަރުތަކުގެ ތެރޭގައި ފޭސް ޕެއިންޓިން އާއި ކުރެހުމާއި ދޮށި އުކުމުގެ އިތުރުން ރޯބަމޭނާއެކު އެކި ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

މި ކުޅިވަރުތަކުގައި ބައިވެރިވި ކުދިންނަށް ތަފާތު އިނާމުތައް ވަނީ ބަހައިފައެވެ.

އެސްޓީއޯ އިން އިންތިޒާމްކުރި "އައި.ވީ ޗިލްރަންސްޑޭ"ގެ ހަރަކާތްތަކުގެ ތެރެއިން… ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިވީ ޔޯގަޓް ޑްރިންކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެކެވެ. ތައިލެންޑުގެ މަޝްހޫރު އައިވީ އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަބްލިކް އިން އިންޕޯޓްކުރާ އެންމެ ތާޒާ ކިރެއެވެ.

އެސްޓީއޯ އިން އިންތިޒާމްކުރި "އައި.ވީ ޗިލްރަންސްޑޭ"ގެ ހަރަކާތްތަކުގެ ތެރެއިން… ފޮޓޯ: އެސްޓީއޯ

އައިވީގައި ހިމެނޭ ހަ ފެލޭވަރ އަކީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕުލައިން، ސްޓޯބެރީ އަދި މިކްސް ފުރުޓެވެ.

އެސްޓީއޯ އިން އިންތިޒާމްކުރި "އައި.ވީ ޗިލްރަންސްޑޭ"ގެ ހަރަކާތްތަކުގެ ތެރެއިން… ފޮޓޯ: އެސްޓީއޯ

ޕީޕަލްސް ޗޮއިސްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން އެސްޓީއޯއިން ވަނީ އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތައް ޑެކަރޭޓްކޮށް މުވައްޒަފުންގެ ކުދިންނަށް މަސައްކަތުގެ މާހައުލު ދައްކާލައިފައެވެ.

އެސްޓީއޯ އިން އިންތިޒާމްކުރި "އައި.ވީ ޗިލްރަންސްޑޭ"ގެ ހަރަކާތްތަކުގެ ތެރެއިން… ފޮޓޯ: އެސްޓީއޯ