Support Us

ތަށި ދޮންނަން ޖެހޭވަރުން… ފެއިލްވީ ތަރުބިއްޔަތު ނޫންބާ؟

ކޮންމެ ރަމަޟާން މަހެއްގެ ވެސް ކަނބަލުންގެ އެންމެބޮޑު އެއް ޝަކުވާ އަކީ ދޮންނަންޖެހޭ ތަށިތަކުގެ މައްސަލައެވެ. ތެދެކެވެ. އިރުއޮއްސުމަށްފަހު ކާތަށި ދޮވެދޮވެ ނުނިމެއެވެ. ހާރުދަމާއި ފަތިހުގެ ބަންގިއާ ހަމައަށްވެސް ތަށިދޮވުން ނޫން ކަމެއްނެތެވެ.

ބާރަ އަހަރުގެ އަންހެން ދަރިފުޅު ކައި ނިންމުމަށްފަހު ތަށި ސިންކަށް ލާފައި ދާނަމަ ފެއިލްވީ ތަރުބިއްޔަތު ކަމަށް އެންމެންވެސް ޔަގީންކުރެއެވެ. ފިރިހެން ދަރިފުޅު ވެސް އެފަދައެވެ. ވީމާ ޒަމާނުއްސުރެ އަހަރެމެންގެ މި އާދަ ބަދަލުކުރަންޖެހޭ ނޫންތޯއެވެ؟ ކައި ނިންމުމަށްފަހު ކާތަށި ދޮވެލުމަކީ ހުތުރު ކަމެއް ނޫންކަން ތުއްތު ދަރިންނަށް ޅަ އުމުރުއްސުރެ ދަސްކޮށްދޭން ޖެހެއެވެ.

އަންހެނުން ފިރިހެނުންނާ އެއްހަމަ ކުރަން ކަރަށް ނާރުލާފައި ގޮވާއިރު ކާތަށި ދޮވެލުމާއި ނިދާ ތަންމަތި އެޅުމާއި އުޅޭތަން ސާފުކުރުމަކީ ފިރިހެނުންވެސް ކުރަންޖެހޭނެ ކަމެއްކަން ބުނެދޭންޖެހޭ ނޫންހެއްޔެވެ؟

އަހަރެމެންގެ މާތް ނަބިއްޔާ ގޭތެރޭގެ މަސައްކަތްޕުޅުތައް ކުރެއްވިއެވެ. ވީއިރު އަހަރެމެން ފިރިހެން ދަރިން ތަރުބިއްޔަތު ކުރުމުގައި މިކަމަށް އިސްކަން ދޭންޖެހެއެވެ. ވާ ލޯބިން ދަރިން ލައްވާ ކަންކަން ނުކުރުވާ އެޝަކުވާ ވެސް މިކުރަނީ އަހަރެމެންނެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަށް ވީހިނދު ކާތަށި ދޮވެލަން ދަރިންނަށް އާދަވެފައި ވާނަމަ މައިންނަށް ކިތަންމެ ތަނެއް ވެސް ލުއިވާނެއެވެ. ނަމާދު ވަގުތު ޖެހެންދެން އެކަމުގައި މައިން އެކަނިމާއެކަނި އުޅޭކަށް ނުޖެހޭނެއެވެ.

ދުނިޔަވީ ތަޢުލީމް ދޭން މަސައްކަތްކުރާ އުސޫލުން އަންހެން ދަރިންނާއި ފިރިހެން ދަރިން އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރެވޭނަމަ މި މުޖްތަމައުގައި އަނބިންނާއި މައިންގެ ގިނަ މައްސަލަތަކަށް ހައްލު ލިބުނީހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *