Support Us

އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކްތެރެއަށް އާރު.އޯ.އެލް ވަންނަނީ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ރާއްޖެ އޮންލައިންގެ (އާރު.އޯ.އެލް) ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޕާޓްނަޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އާރު.އޯ.އެލްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުލްމުއީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، މިވަގުތު ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"އެޗް.ޑީ.ސީން ގާއިމު ކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވި އަދި މިކަންކަމަށްދާ ހަރަދުވެސް ކުޑަވެގެންދާނެއެވެ. ހަމަ މިއާއެކު މިފަދަ ޚިތުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައިވެއެވެ.

"އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެއެވެ. އެޗް.ޑީ.ސީއިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށެވެ. އަދި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި ޓީވީއާއި އެހެނިހެން އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *