ސްޓެލްކޯގަައި އަންހެން މުވައްޒަފުން ނަމާދުކުރާނެ ތަނެއް ފުރަތަމަ ފަހަރަށް ތައްޔާރުކުރުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތަކީ މި މަހު ފުރަތަމަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން އާ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަށެވެ.
"ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ދެއްވި ނަސޭހަތާއެކު، ފިރިހެން މުވައްޒަފުންނަށް ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމް ހަމަޖެހިފައި ވީނަމަވެސް، އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމްތައް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާ، އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް (މެނޭޖިންގ ޑިރެކްޓަރު) ވަނީ ވިދާޅުވެފައި. އެގޮތަށް ވިިދާޅުވިތާ ދެތިން ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް،" ސްޓެލްކޯގެ ބަޔާނުގައިވެއެވެ.
މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ނަމާދުކުރާނެ ތަނެއް ނެތުމުން އެފަދަ ތަނެއް ގާއިމް ކޮށްދިނުމަށް މެނޭޖިންގ ޑިރެކްޓަރ @ShareefRangondi ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ނަމާދު ކުރާނެތަން ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ pic.twitter.com/YmZVs2sqmP
— STELCO (@STELCOMALDIVES) March 6, 2022
މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފު ވަނީ ގަޑިއަށާއި މަސައްކަތައް ފަރުވާތެރި ވުމަށާއި ސްޓެލްކޯއަކީރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައި ކަމުގައިވެސް އެ ބަޔާނުގައިވެއެވެ.



advertisment

