Support Us

ސްޓެލްކޯގައި އަންހެން މުވައްޒަފުން ނަމާދުކުރާނެ ތަނެއް ފުރަތަމަ ފަހަރަށް ތައްޔާރުކުރަނީ

ސްޓެލްކޯގަައި އަންހެން މުވައްޒަފުން ނަމާދުކުރާނެ ތަނެއް ފުރަތަމަ ފަހަރަށް ތައްޔާރުކުރުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ މި މަސައްކަތަކީ މި މަހު ފުރަތަމަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން އާ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

"ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ދެއްވި ނަސޭހަތާއެކު، ފިރިހެން މުވައްޒަފުންނަށް ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމް ހަމަޖެހިފައި ވީނަމަވެސް، އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމްތައް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާ، އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް (މެނޭޖިންގ ޑިރެކްޓަރު) ވަނީ ވިދާޅުވެފައި. އެގޮތަށް ވިިދާޅުވިތާ ދެތިން ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް،" ސްޓެލްކޯގެ ބަޔާނުގައިވެއެވެ.

މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފު ވަނީ ގަޑިއަށާއި މަސައްކަތައް ފަރުވާތެރި ވުމަށާއި ސްޓެލްކޯއަކީރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައި ކަމުގައިވެސް އެ ބަޔާނުގައިވެއެވެ.