ގއ. ވިލިނގިއްޔަށް އުފަން އުމުރުން 33 އަހަރުގެ މީހަކު މާލެއިން ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރާތާ ހަތަރު ދުވަސްވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޙަސަން ޝިހާބު، 33، ގއ. ވިލިނގިލި، ކަނޑުއޮޅި، އަށް ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
"ވީމާ ޙަސަން ޝިހާބު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment