Support Us

ހުޅުމާލެ ހޮސްޕިޓަލް އޯޕީޑީ ކައިރިން 500 ރުފިޔާ ގެއްލުނުތަ؟

ހުޅުމާލެ ހޮސްޕިޓަލް އޯޕީޑީ ކައިރިން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ އާއި ގދ. ރަތަފަންދޫ މަގުމަތިން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ 715 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިއުލާންގައި ބުނާ ގޮތުން މި ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނި، އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ތަކެއްޗެވެ. އެތަކެތީގެ ވެރިފަރާތުން، އެ ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަށް ގޮސް ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

ގަލޮޅު ޕޮލިސް ސްޓޭޝަން

  • ޖަނަވަރީ 20 ވަނަ ދުވަހު ފޭރުމުގެ މައްސަލައެއްގައި، ބޮޑުތަކުރުފާނުމަގުން ބްރިޖް ލައިޓް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 511117
  • ޖަނަވަރީ 23 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ދަގަނޑު ޕްރޮޕް. އިންސިޑެންޓް ނަންބަރ 511386
  • ޖަނަވަރީ 30 ވަނަ ދުވަހު ޕޮލިސް ވެހިކަލް ގަރާޖު ކުރިމަތިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެލްމެނިއަމް ހަރުގަނޑެއް. އިންސިޑެންޓް ނަންބަރ 512023
  • ޖަނަވަރީ 30 ވަނަ ދުވަހު ކައިލާން ފިހާރަ ކައިރިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެނިޓައިޒަރ ކޭހެއް. އިންސިޑެންޓް ނަންބަރ 512018

"މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލުޅޮ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

  • 2021 ނޮވެމްބަރ 6 ވަަނަ ދުވަހު ދިލްބަހާރު މަގު، ގްރިލް ހަޓް ކައިރިން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަސުސް ބްރޭންޑުގެ ލެޕްޓޮޕެއް. އިންސިޑެންޓް ނަންބަރު 603587
  • ޖަނަވަރީ 29 ވަނަ ދުވަހު ނޯތު ހާބަރުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފާއިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 16 ދަޅު ކުލަ، އިންސިޑެންޓް ނަންބަރ 511939

"މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަން

  • 2021 ޑިސެމްބަރ 29 ވަނަ ދުވަހު ހުޅުމާލެ ފޭސް ދެއަކުން ވައްކަމުގެ ތުހުމަތުގައި ބަލައި ފާސްކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެޕަލް އައިޕެޑަކާއި، ޕޮކެޓް ކެމެރާއަކާއި، ޓޫލްސް ތަކެއް. އިންސިޑެންޓް ނަންބަރ 509006
  • ޖަނަވަރީ 26 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް އޯޕީޑީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 511668

"މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

ރަތަފަންދޫ ޕޮލިސް ސްޓޭޝަން 

  • ޖަނަވަރީ 2 ވަަނަ ދުވަހު ގދ. ރަތަފަންދޫ މަގުމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 715 ރުފިޔާ. އިންސިޑެންޓް ނަންބަރު 509354

"މި ތަކެތީގެ ވެރިފަރާތުން، 7909311 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް