އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 296 ފުޅި ބަނގުރަލާއި 2،418 ބިޔަރު ދަޅު ނައްތާލައިފިއެވެ.
ފުލުހުން ބުނީ ދޫނިދޫގައި އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި 86 މައްސަލައެއް/ އިންސިޑެންޓެއްގައި ހިމެނޭ 296 ފުޅި ބަނގުރަލާއި 2،418 ބިޔަރު ދަޅުގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 51 އައިޓަމް ހިމެނޭ ކަމަށެވެ. އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނާއި ދަބަސް ފަދަ ތަކެތި ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިއްޔެ ނައްތާލި ތަކެއްޗަކީ ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށާއި އަދި އިންސިޑެންޓްތަކުން ނައްތާލާފައިވަނީ ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އިއްޔެ ނައްތާލި ތަކެއްޗާއެކު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ އެއް މައްސަލާގައި ހިމެނޭ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ވަނީ ނައްތާލައިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

"ބަނގުރާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން ޑްރަގް އެންފޯސްމަންޓްގައި މަސައްކަތްކުރާ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއެކު ކަމާގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ ފުލުހުން ހިމެނޭ ޓީމަކުންނެވެ." ފުލުހުންގެ ބަޔާނެއްގައި ވެއެވެ.
- ވިދާޅުވުމަށް: ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް



advertisment