Support Us

ކޮވިޑް-19ގެ ނޮން މެޑިކަލް ވޮލަންޓިއަރުންގެ އަގު ވަޒަންކުރުމުގެ ޙަފްލާގައި މެޑަމް ފަޒުނާ ބައިވެރިވެވަޑައިގެންފި

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިސް ސަފުގައި މަސައްކަތްކުރި ނޮން-މެޑިކަލް ވޮލަންޓިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމްކުރައްވައިގެން މިރޭ ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ވޮލަންޓިއަރުންގެ ތެރޭގައި ވެސް އެކި ކަހަލަ ޒާތީ އަދި އިޖްތިމާޢީ ތަކްލީފްތަކާ ކުރިމަތިލާން ޖެހިފައި ތިބި ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމުގެ ކަންކަން އިސްކުރެއްވުމުގެ ބަދަލުގައި އިންސާނިއްޔަތުކަން އިސްކުރެއްވިކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަނާގެ ވާހަކަފުޅުގައި ވޮލަންޓިއަރުންނަކީ ވެސް އިންސާނުންކަމަށާއި އެބޭފުޅުންނަކީ ދިރިއުޅުއްވުމަށްޓަކައި ޒަރޫރީ ބޭނުންތައް ފުރިހަމަކުރައްވަންޖެހޭ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުންނަކީ ޚަރަދުކުރައްވަން ޖެހޭ ބޭފުޅުންކަން ދަނެގެން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ޓޫރިޒަމް މިނިސްޓްރީއިން ހަމަޖަސައްސަވައިދެއްވި ކަމަށްޓަކައި މިނިސްޓްރީއަށް ޝުކުރު އަދާކުރެެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖުމްލަކޮށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އިސްނަންގަވައި ޙަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް