ހެންވޭރުކޮޅު ފިހާރައަކުން ޖިންސުތަކެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހުންނަކީ "2021 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ވަގުތެއްގައި ރޯޝަނީ މަގުގައި ހުންނަ އިކްލިޕްސް ފިހާރައިން ޖިންސުތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެ މީހުން" ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިހާރަތެރޭގައި، ތަންތަން ހާވަމުން ބަލަމުން އެ މީހުން ހިނގައެވެ.
"ވީމާ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment