Support Us

އެމެރިކާގެ ރައީސްގެ "ސަމިޓް ފޮރ ޑިމޮކްރަސީ"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވާ މި ޙަރަކާތުގައި ޤައުމުތަކުގެ ވެރިންނާއި އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްޢަޤްވާމީ، މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި އަނިޔާވެރިކަން ހުއްޓުވުމާއި ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރުމަށް ބާރުއެޅުމާއި ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހައި އެވާހަކަތައް ދެއްކުމުގައި ޤައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުމެވެ.

މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި ޤައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ޤާއިމުކުރެވިފައި ވަނީ އެއްޤައުމު އަނެއްޤާއުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް