Support Us

އަނެއްކާވެސް ބީ.އެމް.އެލް ފެއިލް: މުސާރަ ޖަމާވާ ދުވަހާ ދިމާކޮށް އެކައުންޓް ބާކީ ދައްކަނީ "ސުމެއް ސުމެއް"

މުސާރަ ޖަމާވާ ދުވަހާ ދިމާކޮށް ބީ.އެމް.އެލްގެ އިންޓަނެޓް ބޭންކިން ހިދުމަތް މިއަދު އަނެއްކާވެސް ޑައުންވެ، އެކަމުގެ އުނދަގޫތައް ކަސްޓަމަރުން ތަހައްމަލްކުރަން ޖެހިއްޖެއެވެ. ގައުމީ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ ދަތިތައް ފޯރަމުންނެވެ.

ނޮވެމްބަރު މަހުގެ މުސާރަ ޖަމާވާން ފަށާ ދުވަސް ކަމަށްވާ 29 ވަނަ ދުވަހު ހެނދުނު 11 ނުޖަހަނީސް އިންޓަނެޓް ބޭންކިންގެ ސިސްޓަމް ޑައުންވެ، އިންޓަނެޓް ޓްރާންސްފަރ އާއި އޭޓީއެމްތަކާއި ފިހާރަތަކުގެ ޕީ.އޯ.އެސްތަކުގެ ވެސް މަސައްކަތެއް ނުކުރެއެވެ. ފޯނު އެޕްލިކޭޝަނުން ދައްކަނީ "ސުމެއް ސުމެއް" ކަމަށެވެ. މީގެ ކުރިން ވެސް އެކައުންޓް ބާކީގައި ކުއްލިއަކަށް "ސުމެއް ސުމެއް" އޮވެގެން ބައެއް މީހުން ހިތް ހުއްޓޭ ހިސާބަށް ވަނީ ގޮސްފައެވެ.

އިންޓަނެޓް ބޭންކިންގެ ސިސްޓަމް ޑައުންވިތާ އެތައް އިރެއް ވީ ފަހުން ބީ.އެމް.އެލުން ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެފައެވެ. އެ ބަޔާން ދިވެހި ބަހުން ނެތިގެން ވެސް މީހުންތައް ދަނީ ޝަކުވާ ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނޫސްވެރިން ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ ސޯށަލް މިޑިޔާއަކުން ނޫން ސައްހަ ހަބަރުލިބޭނީ މިކަމާ ގުޅޭތަނުން، ހިދުމަތް ހޯދާ ފަރާއިތަކަށް އެންމެ ފަހުގެ ޓެކްނޮލޮގީ ހިދުމަތްދޭން އަޕްގޮރޭޑް ކުރަނީ މީ ހަމައެކަނި ބީއެމްއެލް ދިމާވި މައްސަލައެއްނޫން މިކަހަލަ ބޮޑެތި ބަދަލު ގެންނަ ކޮންމެ ބެންކެއްގަ ވެސް ވާގޮތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *