Support Us

ސައްހަ ނޫން ސްލިޕެއް ވައިބަރ ކުރުމަށްފަހު ފިހާރައަކުން މުދާ ގެންގޮސްފައިވާ މީހަކު ހޯދަނީ

ސައްހަ ނޫން ސްލިޕެއް ވައިބަރ ކުރުމަށްފަހު ފިހާރައަކުން މުދާ ގެންގޮސްފައިވާ މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކިކަން ދެއްކުމުގެ ގޮތުން ސައްހަ ނޫން އިންޓަނެޓް ބޭކިންގ ސްލިޕެއް ފިހާރައިގެ ނަންބަރަށް ވައިބަރ ކުރުމަށްފަހު މުދާ ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ފުލުހުންގެ ވީޑިއޯ އިން ފެންނަނީ ބީ.އެމް.އެލް އަމީނީ މަގު އޭޓީއެމުން ފައިސާ ނަގަން ގޮސް އެ މީހާ އެތާ ކައިރީގައި އެނބުރޭ ތަނެވެ. އެ މީހާގެ މޫނެއް ރަނގަޅަކަށް ނުފެއެވެ.

"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް