Support Us

"ހައިޓު އޮފު ވިޒުޑަމު"

އައްސަވާށޭ، ބައްލަވާށޭ، ’ހައިޓު އޮފު ވިޒުޑަމު‘ މިޔޭ
ވިސްނުމުގެ ކިއްލާ ތަކުންވެސް އެންމެ އުސް ކިއްލާ މިޔޭ

ރަސްކަމުގެ ޒާމެއްނި އޮތް ޖުމްހޫރު މަގަކަށް ފުރޮޅިޔޭ
ބަސްވިކޭ ކަނބިލީގެ ކުރަސީ މޮޅު ޑިމޯ ގައި ބެއްދިޔޭ

ފަސްދިނީމައި ދައު އަޅާ ދޭސީބިދޭނަށް ދެއްވިޔޭ
މަސް ދިވެހި ރަސްމީ ކަނޑުން ’ބާނާނެ‘ ހުއްދަ މެ ދެއްވިޔޭ

ޅިސްޖެހެންދެން ކަނޑު ކަހައި ކައިގެން އެމެން ދެން ގޮސްލިޔޭ
ހައްސަ ބޭނުނު ކަނޑުތަކަށް އޮއިވާލި ކަނދުފަތި ފެއްތިޔޭ

ބިސްއަޅާ ރަން ކުކުޅު އައިމާ، މޭޒުކޮޅު ދޮށް ހަލިވިޔޭ
ރުއްސަވައި ތަޢުރީފު ކުޅަހައި މީހަކަށް ބިސް ދެއްވިޔޭ

ކެއްސަމުން ލޯގަނޑު އުކަން ފުޤަރާތަކުން ހަމަ އުޅެލަޔޭ
އިސްވި ދުވަހެއް، ފަސްވި ދުވަހެއް، ފަރަޤު ވާކަން ނޭނގެޔޭ

އަސްތައަސްތާޔޭ މިޔޭ ’ރައްޤީތަރައް‘ ގޮވަމުން ދެޔޭ
ބަސް  ކޮޅަށްއިދި ފުރޮޅި އޮޅިގެން ދިޔަޔަކަސް ހަމަ ނޭގެޔޭ

ވިސްނުމާ ޢިލްމާއި ޙިލްމާ އެކަކު އަތުގައި އޮވެ ދެޔޭ
ޅޮސް އުނދޯލީ ހެއްލި ހެއްލާ ގިނަ ކަތުން ރޯނާވެޔޭ

އައްސަވާށޭ، ބައްލަވާށޭ، ’ހައިޓު އޮފު ވިޒުޑަމު‘ މިޔޭ
ވިސްނުމުގެ ކިއްލާ ތަކުންވެސް އެންމެ އުސް ކިއްލާ މިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *