ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ޚިޔާލް ބަދަލު ކުރައްވައިފިއެވެ. މިއީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ތައާރަފު ކުރެއްވުމަށް ބޭނުންފުޅުވާ ރައީސް ނަޝީދު، އެކަމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި ރައީސް ސޯލިހާ މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.
މި މަޝްވަރާތަކުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.



advertisment