ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ތ. ތިމަރަފުށި މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ އަޙްމަދު މުޙައްމަދު، 33، ތ. ތިމަރަފުށި، ޢަލީއާބާދުއެވެ.
ފުލުހުން ބުނީ، އެ މީހާ ހޯދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ވީމާ، އަޙްމަދު މުޙައްމަދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment