Support Us

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ފޮޓޯ ނެގުމަށްޓަކައި މީހަކު ހަރަކާތްތެރިވަނީ. -އަދިވެސް ފޮޓޯ

ހިޔާ ފުލެޓުތަކަށް ހާއްސަ މެޑިކަލް ކްލިނިކެއް ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވަން ސޮއިކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މެޑިކަލް ކްލިނިކެއް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމްކުރުމަށް ސޮއިކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅެން ފަށައި އަދި އަންނަ ޖެނުއަރީން ފެށިގެން ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބޭނުންވާނެ ޚިދުމަތެއްގެ ގޮތުން މެޑިކަލް ކްލިނިކެއް ޤާއިމުކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓެޑާއެކު އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން "ލައިފް ސަޕޯޓް މެޑިކަލް ސެންޓަރ"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ކްލިނިކް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އިތުރު ދެ ކްލިނިކެއް އެ ސަރަޙައްދުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ހިޔާ ފުލެޓުތަކުގައި ހުޅުވާ "ލައިފް ސަޕޯޓް މެޑިކަލް ސެންޓަރ"ގެ ކުރެހުމެއް

"ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށައި ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް މި ކޯޕަރޭޝަންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް، ސުޕަމާކެޓް ގްރޮސައީ ސްޓޯރ ފަދަ ތަންތަން މި ތިން މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގައި ދަންނަވަމެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް