މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަތީ 11 ބޭފުޅަކަށެވެ.
މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ހަ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.
އެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:
1. ޑޮކްޓަރ މުޙައްމަދު މުނީޒް، ހ. އެލްޕާޝޯ
2. ޑޮކްޓަރ ފާޠިމަތު ނިޝާން، މ. އޯޑެންއެވެނިއު
3. ޑޮކްޓަރ މުޙައްމަދު ޒާހިރު، ގ. މާލެހިޔާ، 1 03-18
4. ޑޮކްޓަރ މަރްޔަމް ޝަރީފާ، އަގޮޓީގެ، ސ. ހިތަދޫ
5. ޑޮކްޓަރ ޢާއިޝަތު ވަޙީދާ، މާފަހި، ޅ. ކުރެންދޫ
6. ޑޮކްޓަރ ވިސާލު މޫސާ، އަންނާރުގަސްދޮށުގެ، ކ. ކާށިދޫ
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:
މާސްޓަރޒް ޑިގްރީ
1. އަލްފާޟިލާ ޢާއިޝަތު ޒިލްމާ، ކަށިމާގެ، ސ. ހުޅުދޫ
ބެޗްލަރސް ޑިގްރީ
1. އަލްފާޟިލާ އާމިނަތު ތިޒްކާރު ޔޫސުފް، މ. މައިމަގުމަތީގެއާގެ
2. އަލްފާޟިލާ ޝާމިލާ އިދުރީސް، ހިރުދުމާގެ، ބ. ކެންދޫ
3. އަލްފާޟިލާ އާމިނަތު ހުމައިދާ، ނިޔާމަ، ށ. ފޯކައިދޫ
ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، މ. މަގުމަތީގޭ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރެވެ.
ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 11 ޙާފިޡުންނަކީ:
1. އަލްޙާފިޡާ ޙައްވާ އަނީސާ، މާލެ ދަފްތަރު ނަންބަރު ރސ 13802
2. އަލްޙާފިޡް ސަލްމާން މުޙައްމަދު ލަޠީފް، ފެހިގެ، ދ. މީދޫ
3. އަލްޙާފިޡް މުޙައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ
4. އަލްޙާފިޡާ ލަޠީފާ މުޙައްމަދު، ގޯލްޑަން ފްލާވަރ، ސ. ހިތަދޫ
5. އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު، މަލާޒް، ގދ. ތިނަދޫ
6. އަލްޙާފިޡާ ޢާޠިފާ ޢަބްދުލްބާރީ، މާލެ ދަފްތަރު ނަންބަރު ރސ 12572
7. އަލްޙާފިޡް މުޙައްމަދު މިތްޔާޙް ސަލްމާން، ހެވަންލީޑް، ގދ. ތިނަދޫ
8. އަލްޙާފިޡް މުޙައްމަދު އަޝްހަމް ޢަލީ، މއ. އަރިވަރު
9. އަލްޙާފިޡާ ޢާއިޝަތު ޠޫލާ އަންވަރު، ހުވާސް، ށ. މިލަންދޫ
10. އަލްޙާފިޡް ލައިލް ޙުސައިން ޙަމީދު، އަލިވާގެ، ދ. ކުޑަހުވަދޫ
11. އަލްޙާފިޡާ ޢާއިޝަތު ޝުބާ ޝާހް، ތިމާވެހި، ގދ. ތިނަދޫ
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.



advertisment