ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި، މާސްކު އަޅައިފައި ހުރި އެ މީހާ އެ ތަނުގެ ތެރެއިން ނުކުންނަމުން، ކައުންޓަރުމަތީގައި އޮތް ފޯނު ނަގާތަން ފެނެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 499492 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment