Support Us

ވައިޓްހައުސްގެ ސިޑިކައިރީގައި ބަހައްޓައިފައި ހުރި ފޮށިގަނޑެއް ވަގަށްނެގި މީހަކު ހޯދަނީ

މ. ވައިޓްހައުސްގެ ސިޑިކައިރީގައި ބަހައްޓައިފައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ޖުލައި 29 ވަނަ ދުވަހުގެ ވަގުތެއްގައި މ. ވައިޓްހައުސްގެ ސިޑި ކައިރީގައި ބަހައްޓާފައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަނީ ބޮލަށް ހުޅިއެއް ޖަހައިފައި ހުރި އެ މީހާ، މާސްކެއްވެސް ނާޅައި މަގުމަތިން ހިނގައިފައި އަންނަ ތަނެވެ.

"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 493556 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް