Support Us

"އިންސާފު ހޯދާން" ގޮވައިލައި މާވަށުގައި ވެސް ހިމޭން އިޙުތިޖާޖެއް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިވެހިންގެ އަތުން ބީވަމުންދާ ކަމަށާއި، މިކަން ޙިމާޔަތްކުރެވޭނެ ހަމަ އެކަނި އިސްވާރު ކަމަށްވާ ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަންކޮށް "އިންސާފު ހޯދާން" ގޮވައިލައި މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި މިއަދު އެއްވުންތައް ބާއްވައިފައިވާއިރު، ލ. މާވަށުގައި ވެސް ޤައުމީ ރޫޙާއި ޖޯޝުގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

މާވަށު "ނަންބަރު1″ ޖަހަގަހަ ސަރަހައްދުގައި ބޭއްވި މި އެއްވުމަކީ ޞުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރުމަށް ޓަކައި ބޭއްވި ބޮޑު އެއްވުމެކެވެ. މި އެއްވުމުގައި މާވަށުގެ ޒުވާނުންނާއި ކަމުވޮށިވެގެންވާ ބައެއް ބޭކަލުން ޝުޢޫރު ފާޅުކުރިއެވެ. އަދި ނަހަމައާއި ބޭއިންސާފުން ހައްޔަރުކޮށްގެން ގެންގުޅޭ ޤައުމީ ލީޑަރު ވަގުތުން ވަގުތަށް މިނިވަންކުރުމަށް ވެސް ގޮވައިލައި އަޑު އުފުލިއެވެ.
މާވަށުގައި ބޭއްވި އެއްވުމުގައި ޤައުމީ ދިދައާއި ޤައުމީ ޝުޢޫރުތައް ހިމެނޭ ބޯޑުތައް އުފުލައިފައިވެއެވެ. އަދި އެއްވެ ތިބި މީހުންނާ މުޚާޠަބުކޮށް އެކިއެކި މީހުން ޝުއޫރު ފާޅުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ދީނީ ވަޙުދަތާއި ޤައުމީ އެއްބައިވަންތަކަމާ ދެކޮޅަށް ސަރުކާރުން ހިންގާކަމަށް ބުނާ އެކިއެކި ޙަރަކާތްތައް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން މަސައްކަތްކޮށްފައިވެއެވެ. އަދި މިއަދު މާލޭގައި ބޭއްވި އެއްވުމުގެ އަޑުތަކާއި މުހިންމު ބޭބޭފުޅުންގެ ވާހަކަތައް ވެސް އަޑުގަދަކުރާއިން ޙާޒިރީންނަށް އިއްވައިފައިވެއެވެ.

މާވަށުން ޝުޢޫރު ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާއާއި މާވަށު ކައުންސިލްގެ ކުރީގެ ރައީސް މޫސާ ފައިޞަލް ވެސް ހިމެނިވަޑައިގަނެއެވެ. މި ބޭބޭފުޅުން ވެސް ވަރަށް ފޯރިއާއި ޖޯޝުގައި ބައިވެރީންނާ މުޚާޠަބުކޮށް ވާހަކަދައްކަވައިފައިވެއެވެ.

ދެހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ މާވަށަކީ އެ ރަށުގެ ގިނަ ރައްޔިތުން ޤައުމީ އަދި ކޮންޒަރވޭޓިވް ފިކުރަށް ތާއީދުކުރާ ރަށެކެވެ. އަދި މާވަށުގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު އޮންނަނީ ރައީސް ޔާމީންގެ ކޮންޒަރވޭޓިވް، ޤައުމީ ފިކުރަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް