Support Us

ވާދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރ. ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ސަރުކާރުން ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ ބޮޑެތި ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ތަރައްޤީގެ ޕްލޭންތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަމާއި ފުޓްބޯޅަ ދަނޑު ބޮޑުކުރުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އެކި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މެންބަރުންގެ އެލަވަންސް ބޮޑުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ޕްލޭންތައް ތައްޔާރުކޮށް ގިނަ މަސައްކަތްތަކެއް ކުރިޔަށްގެންދަވާތީ އެކަމަށްޓަކައި ކައުންސިލުގެ މެންބަރުންނަށް ތަޢުރީފުކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާއި ކުރިޔަށްގެންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަލާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ނަރުދަނާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިނގާ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް