Support Us

ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ފޯކައިދޫ ކައުންސިލަރުން ވިދާޅުވި ކަމަށް، ރައީސް އޮފީހުން ބުނީ، ފޯކައިދޫއަކީ ކުރިން ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއް ނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށެވެ.

އެ ގޮތުން މިހާރު ކުރިޔަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

ފޯކައިދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް