Support Us

ދޫނިދޫގައި އިއްޔެ ބަނގުރާ ނައްތާލަނީ -ފޮޓޯ: ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ދޫނިދޫގައި އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅި އާއި 43 ޕެޓްފުޅި އާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅި އާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

"ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަކެއްޗެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އިއްޔެ ނައްތާލާފައިވަނީ 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 2021 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށެވެ.

ދޫނިދޫގައި އިއްޔެ ބަނގުރާ ނައްތާލަނީ -ފޮޓޯ: ޕޮލިސް

"މި މައްސަލަތަކުގެ ތެރެއިން ނައްތާލާފައި ވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. "އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ދިވެހި ފުލުހުންގެ ހިދުމަތަށް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ވަނީ ނައްތާލާފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް