މާފަންނުގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އެ މީހާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ "ވީޑިއޯއިން ފެންނަ މީހާއަކީ 2021 މެއި 19 ވަނަ ދުވަހުގެ 05:15 އެހާކަންހާއިރު، ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ" މީހެއް ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިހާރައިގެ ދޮރުމަތީގައި ހުރެގެން، ތަޅަށް އެއްޗެއް ކޮށްޕަން އެ މީހަކު މަސައްކަތް ކުރެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487544 އެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment