Support Us

ލޯންޗުތަކުގައި ހިފައިފައި ހުރި އަލިފާންގަނޑު ނިއްވަން ސިފައިން މަސައްކަތްކުރަނީ -ފޮޓޯ: އެމް.އެން.ޑީ.އެފް

އެކަކަށް އަނިޔާވެ ފަސް ލޯންޗަކަށް ގެއްލުންވެފައިވޭ: އެމް.އެން.ޑީ.އެފް

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި، މޭރީ ބްރައުން ކުރިމަތީގައި، އަޅައިފައި ހުރި ލޯންޗުތަކެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އެކަކަށް އަނިޔާވެ ފަސް ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

އެމް.އެން.ޑީ.އެފުން ބުނީ ހެނދުނު 6.15 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމް.އެޗަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:13 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ސްޓޭބަލް ކުރެވުނީ 06:16 ހާއިރުއެވެ. އަދި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 06:45 ހާއިރުއެވެ." އެމް.އެން.ޑީ.އެފުން ނެރުނު ބަޔާނުގައިވެއެވެ.

ލޯންޗުތަކުގައި ހިފައިފައި ހުރި އަލިފާންގަނޑު ނިއްވަން ސިފައިން މަސައްކަތްކުރަނީ -ފޮޓޯ: އެމް.އެން.ޑީ.އެފް

މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް