Support Us

އެވްރެޖްކޮށް ދުވާލަކު 52 ކުދިން، މި އަހަރުގެ މިހާތަނަށް 5،131 ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ: އެޗް.ޕީ.އޭ

އެވްރެޖް ގޮތެއްގައި، ދުވާލެއްގެ މައްޗަށް، އުމުރުން 10 އަހަރުންދަށުގެ 52 ކުދިން، މި އަހަރުގެ ޖެނުއަރީން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ފަސް މަސް ދުވަހުގެ ތެރޭގައިި ޖުމްލަ 5،131 ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭ އިން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭ އިން އަދި ބުނީ އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އުމުރުން 18 އަހަރާއި 49 އަހަރުގެ މީހުން ކަމަށެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި.

"ބޭރަށް ނުކުމެ އުޅުން މަދުކުރުމުން ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ދަރީންނަށް ރައްކާތެރިކަން އިތުރުވޭ،" މި ތަފާސްހިބާތުތަކާއެކު ކޮށްފައިވާ ޓްވީޓެއްގައި އެޗް.ޕީ.އޭ އިން ބުނެފައިވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ މުޅި ރާއްޖެއިން ޕޮޒިޓިވްވި 1،299 މީހުންގެ ތެރެއިން 890 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 334 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 48، ހަދަމުންދާ ރިސޯޓުތަކުގައި 17 އަދި ސަފާރީތަކުގައި 10 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 59،644 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 34،621 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 24،867 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 285 މީހަކަށް ފަރުވާދެމުން އަންނައިރު 147 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް