ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 2،194 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާތެރި އިންޒާރެއް ދީފިއެވެ. މިހާ ގިނަ މީހުން ޕޮޒިޓިވް މިވީ މި މަހުގެ 15 އިން ފެށިގެން ހަތަރު ދުވަހު ނެގި ސާމްޕަލްތަކާއެކު ޖުމްލަ 7،259 ސާމްޕަލްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗް.އީ.އޯ.ސީ)ން ބުނެއެވެ.
މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 2،194 މީހުންގެ ތެރެއިން 1،698 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 467 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 29 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 50،802 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 30،403 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 20،276 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 280 މީހަކަށް ފަރުވާދެމުން އަންނައިރު 114 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment