
بَرَزَ الثَّعْلَبُ يَوْمًا
فِي شِعَارِ الْوَاعِظِـــــينَا
އެއްދުވަހަކު، ހިޔަޅު ފެނުނެވެ.
ވާއިޒުންގެ ހެދުން އަޅައިގެން ނިކުތް ތަނެވެ.
فَمَشَى فِي الْأَرْضِ يَهْذِي
وَيَسُــبُّ الْمَـــاكِـــــرِينَا
ދެން ބިންމަތީގައި ހިނގަމުން އަނގަ ތަޅަމުން ދިޔައެވެ
މަކަރުވެރިންނަށް އެއްޗެހި ގޮވައި ލައުނަތް ދެމުންނެވެ
وَيَقُولُ: الْحَمْدُ لِلَّـ
ـهِ إِلَـــــــهِ الْعَالَمِـــــينَا
އަދި ބުންޏެވެ: މާތްﷲއަށް ހަމްދު ހުއްޓެވެ.
ހުރިހާ އާލަމްތެކެއްގެ މިލްކުވެެރިޔަކީ އެކަލާނގެއެވެ.
يَا عِبَادَ اللهِ، تُوبُوا
فَــــــهْـوَ كَهْفُ التَّائِبِينَا
އޭ މާތްﷲގެ އަޅުތަކުންނޭވެ! ކަލޭމެން ތައުބާވާށެވެ!
އެކަލާނގެއީ ތައުބާވާ މީހުންނަށް އޮތް ހިޔާވެހިކަމެކެވެ.
وَازْهَدُوا فِي الطَّيْرِ، إِنَّ الْـ
ـعَيْشَ عَيْشُ الزَّاهِدِينَا
ދޫނި ދޫނި ކެއުމާ ދުރަށް ޖެހޭށެވެ.
ހަމަކަށަވަރުން، (ހެޔޮ) ވެގެންވާ ދިރިއުޅުމަކީ ޒުހުދުވެރިންގެ ދިރިއުޅުމެވެ.
وَاطْلُبُوا الدِّيكَ يُؤَذِّنْ
لِصَـــــــلَاةِ الصُّبْحِ فِينَا
ހާ ހޯދައިގެން ބަންގި ދިނުމަށް ގެންނާށެވެ!
ފަތިސް ނަމާދަށެވެ. އަހަރުމެންގެ ތެރޭގައެވެ.
فَأَتَى الدِّيكَ رَسُولٌ
مِــنْ إِمَـــامِ النَّاسِـــكِينَا
ދެން، ހާ ގާތަށް މީހަކު އައެވެ.
އަޅުވެރިންގެ އިމާމު (ހިޔަޅުގެ ފަރާތުންނެވެ.)
عَرَضَ الْأَمْرَ عَلَيْهِ
وَهْــــوَ يَرْجُـــو أََنْ يَلِينَا
(ބަންގި ގޮވުމުގެ) މައްސަލަ ހާލުގެ ކުރިމައްޗަށް ހުށަހެޅުނެވެ.
އެ މީހާގެ އުއްމީދަކަށްވީ ހިތް މަޑުމޮޅުކޮށް އެކަން ހާ ގަބޫލުކުރުމެވެ.
فَأَجَابَ الدِّيكُ: عُذْرًا
يَا أَضَــــــلَّ الْمُـهْـــتَدِينَا
ދެން ޖަވާބުގައި ހާ ބުންޏެވެ. މާފުކުރާށެވެ!
ތެދުމަގު ލިބިގެންވީ މީހުންގެ ތެރޭގައި ހުރި އެންމެ ބޮޑަށް މަގުފުރެދިފައިވާ މީހާއެވެ!
بَلِّغِ الثَّعْلَبَ عَنِّي
عَـــنْ جُدُودِي الصَّالِحِينَا
ކަލޭ ގޮސް އަހަރެންގެ ފަރާތުން މިވާހަކަ ހިޔަޅު ގާތު ބުނާށެވެ!
އަހަރެންގެ ހެޔޮލަފާ ކާބަފައިންގެ ވާހަކައެވެ.
عَنْ ذَوِي التِّيجَانِ مِمَّنْ
دَخَـــلَ الْبَطْنَ اللَّعِــــــينَا
އެކާބަފައިންގެ ބޮލުގައި ހުޅީގެ ތާޖެއް އެޅިފައިވި
އަދި ލައުނަތް ލެއްވި (ހިޔަޅުގެ) ބަނޑަށް ވަން ކާބަފައިންގެ ވާހަކައެވެ.
أََنَّهُمْ قَالُوا؛ وَخَيْرُ الْـ
ـقَوْلِ قَوْلُ الْعَـارِفِـــــــينَا:
އެ ކާބަފައިން ބުނި މި ވާހަކައެވެ: އެންމެ ހެޔޮ ވެގެންވާ
ބަހަކީ (ފޮރުވިފައިވާ ސިއްރުތައް) ދަންނަ މީހުންގެ ބަހެވެ.
«مُخْطِّئٌ مَنْ ظَنَّ يَوْمًا
أََنَّ لِلثَّعْــــــــــــــــلَبِ دِينَا»
އެއީ މުޅިން ކަންކަމުގެ ހަގީގަތް އޮޅިފައިވާ މީހެކެވެ. ދުވަހެއްގައި ވެސް ހީކޮށްފި މީހާއެވެ.
ހިޔަޅަކީ ދީނެއްގެ މާތީގައި ހުރި (ތެދުވެރި އިޚުލާސްތެރި އެއްޗެއް ކަމަށް ހީކޮށްފި މީހާއެވެ!)
(މި ޅެމަކީ އަމީރުއްޝުއަރާއި އަހްމަދު ޝައުގީގެ ޅެމެކެވެ.)
މިޅެމުން ލިބެނީ ކޮން އިބުރަތެއް ހެއްޔެވެ؟ ހިޔަޅުން ވެސް، އެމީހުންގެ މަސްލަހަތު ނިޔާކުރަ ތާކިހލެއް އަޅައިގެން ނިކުމެއެވެ. ބައެއް ފަހަރު މުސްލިހެއްގެ ތާކިލހަލެވެ. އަނެއް ބައި ފަހަރު ގައުމަށް ހެޔޮއެދާ، ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރާ ތާކިހަލެވެ. އަނެއް ބައިފަހަރު ފަސާދައާއި ވައްކަން ފިލުވާލަން އުޅޭ ތާކިހަލެވެ! މިފަދައިން އެކި ފަހަރު އެކި ތާކިހާ އެޅިކަމުގައި ވިޔަސް، ހިޔަޅެއްގެ ހަގީގަތެއް ނުފޮރުވޭނެއެވެ. ހިޔަޅުވާނީ ހިޔަޅަށެވެ. އެކި ފަހަރު އެކި ތާކިހާ އަޅައިގެން އެކި ފަހަރު އެކި އެއްޗެއްހި ކިޔައި އޭގެ އަމިއްލަ ބޭނުން ފުއްދަން، އާދެ، ހާ ކާލުމުގެ މަސައްކަތް ހިޔަޅު ކުރިއަށް ގެންދެއެވެ. ދެން، ކުރިމަތީގައި އޮތީ ދެ ގޮތެވެ. ހިޔަޅުގެ ދަލުގައި ޖެހި ހާ ކާލެވޭ ގޮތް ހަދައި ދިނުމެވެ. ނޫނީ ހިޔަޅުގެ ކިބައި ސަލާމަތް ވުމަށް މަސައްކަތްކުރުމެވެ.
