Support Us

ވެކްސިންގެ ދެ ވަނަ ޑޯޒަށް ދެ ހަފުތާވުމުން، ކަރަންޓީނުނުވެ ރަށްރަށަށް ދެވޭނެ: ރައީސް

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒަށް ދެ ހަފުތާ ހަމަވުމުން، ކަރަންޓީނުނުވެ ރަށްރަށަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ރައީސް މިރޭ ވިދާޅުވީ ކޮވިޑަށްފަހު އާންމު ހާލަތަކަށް ދިރިއުޅުން ބަދަލުވުމަށް އިންތިޒާރުކުރަމުން އަންނައިރު، ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ހަމަވުމުން، ރަށްރަށަށް ދަތުރުކުރުމަށް އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމަށެވެ. މި މެސެޖާއެކު ރައީސް ސޯލިހު ވަނީ، ރާޅާ އަޅާ ޒުވާނެއްގެ ފޮޓޯއެއްވެސް ޓްވީޓުކުރައްވައިފައެވެ.

މިހާރު ހަދައިފައި އޮންނަ އާންމު ގަވައިދު ބުނާ ގޮތުން ކޮވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދެވޭނީ ކަރަންޓީނުގައި 10 ދުވަހު ހުންނަ ގޮތަށެވެ. ނަމަވެސް ސަރުކާރުގެ ވަފުދުތަކަށް އެ ގަވައިދެއް ނޯވެއެވެ.

ކޮވިޑްގެ ދެ ވަނަ ޑޯޒް ޖެއްސެވިތާ ހަފުތާއެއް ނުވަނީސް ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާ އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ." ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް