Support Us

ޙަޔާތުގެ ސަމުގާ!

އެއީ ޖައުހަރޭ ދެ ދުނިޔޭން އަގު އަރާ
އެއީ ނޫރެކޭ ހިތްތަކަށް އަލި ކުރާ
އެއީ  އާރެކޭ ނަފުސު ޠާހިރު ކުރާ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ޝައްކު ވަހުމާ ތިމާ ދުރުކުރާ
އެއީ ބާޠިލާ ޙައްގު މަގު ވަކިކުރާ
އެއީ ބަސްމަގާ ޢަމަލު ސީދާ ކުރާ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ފާފައިން ދުރުކުރާ މިތުރެކޭ
އެއީ ޖާހު މަތިވެރިކުރާ ޔާރެކޭ
އެއީ ރޫޙު ތާޒާކުރާ ދިރުމެކޭ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ގެއްލިގެން ގައިމު ދުވަހަކު ނުދާ
އެއީ ދާއިމަށް އޭގެ ފައިދާ ވެދާ
އެއީ ހުސްވުމެއްނެތް ރަގަޅު ހަރުމުދާ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ޢަޒުމު ވަރުގަދަކުރާ ބާރެކޭ
އެއީ ދިރިއުޅުން ފަހިކުރާ ރަހުނެކޭ
އެއީ ކާމިޔާބީގެ މެދުވެރިއެކޭ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ބަލިތަކަށް އޮތް ރަގަޅު ޙައްލެކޭ
އެއީ ހަލިކަމެއް ދޭނެ ފަރުވާއެކޭ
އެއީ ތަލިހިކުން ހުއްޓުވާ ބުއިމެކޭ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ އެންމެ ނަލަ ރީތި ފޭރާމަކީ
އެއީ އެންމެ ބަބުޅާ ވިދާ ސިފަޔަކީ
އެއީ އެންމެ ވަސްމީރުވީ ހުނވަދަކީ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ހަށިގަނޑަށް ލިބިދެވޭ ކަސްރަތޭ
އެއީ ޞިއްޙަތަށް ލާބަވާ ޙަރަކަތޭ
އެއީ ގުނަނުވާ ވިޔަނުވާ ނިޢުމަތޭ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ދުއްލިސާއޭ ޙަޔާތް އަލި ކުރާ
އެއީ ދަންމަރޭ ދުނިޔެ ރޯޝަން ކުރާ
އެއީ މަސްދަރޭ ގަދަރު މަތިވެރި ކުރާ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

އެއީ ދަތުރުގައި ހިތުގެ ސަމުގާޔަކީ
އެއީ ދުރުބަލާ ސާފު ދުރުމީޔަކީ
އެއީ ދުއްވަމުން ދާންވި މިސްރާބަކީ
އެއީ ފަރުޟްވީ ފަސްނަމާދޭ ކުރާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *