Support Us

ބީ.އެމް.އެލްގެ އޭޓީއެމްއަކުން ފައިސާ ނަގަން މީހަކު މަސައްކަތްކުރަނީ. 

ބީ.އެމް.އެލްގެ އޭޓީއެމްތަކުން ފައިސާ ނުނެގި، މެޝިންތަކުން ކާޑު ބޭނުން ނުކުރެވުމުގެ ޝަކުވާތައް

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭޓީއެމްތަކުންނާއި ފިހާރަ/ކެފޭތަކުން ކޭޝް ކާޑު ހިދުމަތް މިއަދު ހަވީރުން ފެށިގެން މެދުކެނޑިގެން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފިއެވެ.

ބައެއް މީހުން ބުނި ގޮތުގައި މިއަދު ހަވީރުން ފެށިގެން އޭޓީއެމްތަކުން ވެސް ކާޑުގެ ބޭނުމެއް ނުކުރެވެއެވެ. އަދި ޕެޓްރޯލް ޝެޑްތަކުންނާއި ބައެއް ފިހާރަތަކުންނާއި ކެފޭތަކުން ވެސް ކާޑުގެ ބޭނުމެއް ނުކުރެވެއެވެ.

"ދިހަ ފަހަރު އުޅެގެން އެއް ފަހަރު ކެނޑުނީ،" ކެފޭއަކުން ފައިސާ ކަނޑަން އުޅުނު މީހަކު ބުންޏެވެ.

އޭޓީއެމަކުން ފައިސާ ނަގަން ގޮސް، ފައިސާ ނުނެގިގެން އުޅޭ މީހުންތަކެއްގެ ވީޑިއޯއާއެކު މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނީ މިއަދު ހަވީރުން ފެށިގެން އޭޓީއެމްތަކުގެ ހާލަތަކީ މިއީ ކަމަށާއި ޓްރާންސްފާ ވެސް ނުކުރެވޭ ކަމަށެވެ. އަދި ކާޑުން ފައިސާ ވެސް ނުދެއްކޭ ކަމަށާއި އޭޓީއެމުން ފައިސާވެސް ނުނެގޭ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ބީ.އެމް.އެލްގެ ބަޔާނެއް އަދި ނުނެރެއެވެ.

ބ. އޭދަފުށީގައި ހުންނަ ބީ.އެމް.އެލްގެ އޭޓީއެމުން ވެސް ފައިސާ ނުނެނިގެން އެކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.

ދިވެހިންގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ބީ.އެމް.އެލްގެ އޭޓީއެމްތަކުންނާއި ފިހާރަ/ކެފޭތަކުން ކޭޝް ކާޑު ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑި، ތަފާތު އުނދަގޫތައް ކުރިމަތިވެއެވެ. އަދި އޭޓީއެމްތަކުން "ވަގުތީ ގޮތުން ހިދުމަތް މެދުކެނޑިފައި" ހުންނަ ވަރަށް ގިނަ ފަހަރު ކުރިމަތިވެގެން، ގިނަ ބަޔަކު އަބަދުވެސް ޝަކުވާކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިއީ ބީއެމްއެލް ބަނގުޜޫޓުކޮށްލުމަށް ފަހު އިންޑިއާގެ އެސްބީއެމް މި ރާއްޖޭގައި ގަދަކުރާން، އިންޑިއާއާ ގުޅިގެން ސަރުކާޜުން ރާވައިގެން ހިންގާ ޚިޔާނާތްތެރި ޢަމަލެއް. ދައުލަތުގެ ހުރިހާ ކުންފުނިތައް ހަމަ ގަސްތުގައި ބަނގުރޫޓުކޮށްލަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *