Support Us

ލެފްޓިނަންޓް ކާނަލްގެ ރޭންކަށް ހަމަޖެއްސެވި (ކ-ވ) ޑރ. އާމިނަތު ޝުމްރާ، ޑރ. ފާތުމަތު ތަހުސީނާ އިބްރާޙިމު، ހައްވާ ޝެނީން 

ލެފްޓިނަންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް ތިން ކަނބަލަކު

އެމް.އެން.ޑީ.އެފްގެ މޭޖަރ ރޭންކުގައި ތިއްބެވި އަންހެން ތިން އޮފިސަރަކު، ލެފްޓިނަންޓް ކާނަލްގެ ރޭންކަށް މަޤާމުގެ ކުރިއެރުން މިއަދު ދެއްވައިފިއެވެ. މިއީ އެމް.އެން.ޑީ.އެފްގެ ލެފްޓިނަންޓް ކާނަލް ރޭންކާ ހަމައަށް ދަތުރުކުރެއްވި ފުރަތަމަ ތިން ކަނބަލުންނެވެ.

ލެފްޓިނަންޓް ކާނަލްގެ ރޭންކަށް މިއަދު ހަމަޖެއްސެވި ތިން ކަނބަލުންނަކީ މޭޖަރ ރޭންކުގައި ތިއްބެވި ހައްވާ ޝެނީން އާއި ޑރ. އާމިނަތު ޝުމްރާ އާއި ޑރ. ފާތުމަތު ތަހުސީނާ އިބްރާޙިމެވެ. މީގެ ތެރެއިން ލެފްޓިނަންޓް ކާނަލް ހައްވާ ޝެނިން އެމް.އެން.ޑީ.އެފްގައި ހިދުމަތްކުރައްވާތާ މިއީ 26 ވަނަ އަހަރެވެ.

ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި ތިން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީއެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ސިފައިންގެ އަންހެން އޮފިސަރުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއީ ސިފައިންގެ ތާރީޚުގައި އަންހެން އޮފިސަރުންނަށް މޭޖަރގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައިފައެވެ. އަދި މި ކަމުން ދޭހަކޮށްދެނީ، ދިވެހި ޢަސްކަރިއްޔާގައި ވެސް އަންހެން ބޭފުޅުންނަށް އޮތް ހަމަ ފުރުޞަތުތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *