Support Us

ޑަބްލިޔޫއެޗްއޯގެ ވެރިޔާ ޓެޑްރޯސް އެދްހަނޯމް ގެބްރެޔޭސަސް

ކޮރޯނާ ވައިރަހުގެ ހަގީގަތް ވަރަށް އަވަހަށް ހާމަކުރަނީ!!؟

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔޫ.އެޗް.އޯ.)ގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ސީނުކަރައިގެ ވޫހާން ސިޓީއަށް ދާނެ ކަމަށް އެ ޤައުމާއި އެ ޖަމްޢިއްޔާއިން ވެސް ހާމަކޮށްފައިވާކަމަށް ރޮއިޓަރސް އިން ޚަބަރު ދީފިއެވެ. ޑަބްލިޔޫއެޗްއޯގެ ވެރިޔާ ޓެޑްރޯސް އެދްހަނޯމް ގެބްރެޔޭ ސަސް ހާމަކޮށްފައިވާ ގޮތުގައި ތަޖުރިބާކާރުންގެ ޓީމުން ސީނުކަރައާއެކު މަސައްކަތްކުރާނީ ކޮރޯނާ ވައިރަކުގެ އަޞްލު ފެށުނީ ކިހިނެއްކަމާއި އެ ވައިރަސް އިންސާނީ އާބަދީއަށް ވަދެގަތް ގޮތެއް ހޯދުމަށްޓަކައެވެ.

މީގެ ކުރީން އޭނާ ވިދާޅުވީ އެ ޓީމުގެ ދެ މެންބަރުން ސީނުކަރައަށް އެތެރެވުމަށް އެ ޤައުމުން އިންކާރުކޮށްފައިވާ ކަމަށް ބުނެ، އެކަމާ "ކަންބޮޑުވާކަން" ހާމަކޮށްފައި ވިޔަސް ސީނުކަރައިން ބުނެފައިވަނީ އެއީ "ދޭހައިގެ އޮޅުމެއް" ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން މިހާރު ރާވައިފައިވާ ގޮތަށް ބަލާއިރު، ތަޖުރިބާކާރުންގެ ޓީމު ސިންގަޕޫރުން ސީނުކަރައިގެ ވޫހާނަށް އުދުހޭނީ ޖަނަވަރީ 14 ވަނަ ދުވަހު ކަމަށް ސީނުކަރައިގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ޒާއޯ ލީޖިއާން އިއްޔެ ވިދާޅުވިއެވެ. އެ ޓީމުގެ މެންބަރުން ވޫހާނަށް ގޮސް ކަރަންޓީނުވާން ޖެހޭނެތޯއާއި އެ މީހުންގެ ޚަރަދުބަރަދާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް އޭނާ ޖަވާބެއް ނުދެއްވައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ސީނުކަރައިގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ވޫހާނުން 2019 ވަނަ އަހަރު ފަހުކޮޅުގައެވެ. އަދި މި ވައިރަސް ގާތްގަނޑަކަށް މުޅި ދުނިޔެއަށް ފެތުރި 90 މިލިއަން ފަސް ލައްކަ މީހުންނަށް ކޮވިޑް19 ޖެހިފައިވެއެވެ. މި ބަލީގައި މިހާތަނަށް ގާތްގަނޑަކަށް ދެ މިލިޔަން މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ އަސްލާއި ހަގީގަތް އަދިވެސް ވަނީ ދެނެނުގަނެވިއެވެ. މި ވައިރަހުގެ ހަގީގަތް ދުނިޔެއަށް ހާމަކުރާން ސީނުކަރައިން ލަސްކޮށް، ކަމުގެ ހަގީގަތް ފޮރުވާން ސީނުކަރައިން މަސައްކަތްކުރި ކަމަށް ތުހުމަތުކުރި މައްސަލައިގައި އެ ގައުމުން ވަނީ ވަރަށް ޙައްސާސީވެފައެވެ. އެކަމާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޑަބްލިޔޫއެޗްއޯ ތަޖުރިބާކާރުންގެ ޓީމު ސީނުކަރައަށް ދިޔުމުގެ ކުރީން އެ ކަމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް އެ ގައުމުން ވަމުން އެބަގެންދެއެވެ. ސީނުކަރައިގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި "ދިރާސާ ކުރިކުރިހެން" އެ ވައިރަސް އެކި ސަރަހައްދުތަކުން ފެނިފައިވާކަން އަންނަނީ ހާމަވަމުންނެވެ.

ޑަބްލިޔޫއެޗްއޯގެ އޮފިޝަލަކު ކުރިން ބުނީ އުންމީދުތައް ޙާޞިލުވަނީ "ވަރަށް ލަހުން" ކަމަށް ވީނަމަވެސް އެ ޓީމުގެ ނިހާއީ ނިންމުން، ސީނުކަރައަށް މި ކުރާ ދަތުރަށްފަހު އިޢުލާނުކުރެވޭނެ ކަމަށެވެ.

(ޙަވާލާ: މެލޭމެއިލް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *