ތިމާވެށި ޙިމާޔަތް ކުރަން ދުވެދަނީ
ތިމާ ޖީބު ދަބަހުން ބައެއް އުނިވުމުން؟
ކަނޑާ ފަޅުތަކާ ސާފުކޮށްލަން ދަނީ
ލަނޑާ މަސް ނުކާ ދޮން ކަތަކު ބުނެލުމުން؟
ދަވާދުގެ ވިހައިން ޖައްވުވެސް ކަޅިވަނީ
ނިވާނުވެ އުޅެން ހުއްދަ ނެތް ރަށުމެދުން؟
ވެލާ ކަހަނބު މިޔަރާ މެރުން ހުއްޓެނީ
އަލާ ފިލި ވަރަށް ހިތް ސަފުން ނުފުރުމުން؟
ފުކެއް ބޮޑުވިޔަސް ލިސްޓުގައި ނެތި ދަނީ
ނުކެނޑިމެދު އިވޭ ގުންގުރޭޓުގެ ގުގުން؟
ތުނޑިން ވެލި ނެގުންވެސް މަނާ ކޮށްލަނީ
އަޚުން ގެންނަ މެހުމާނު އަނގަ މަތަކުރަން؟
ނިތަށް ރޫ އެރީ، އަކުރު ވައް ބަނޑު ދަނީ
ހިތަށް ނައި ބަހުން ޅެން ޙިމާޔަތް ކުރަން؟
