ދާއިމީ ގޯއްޗަށް ދަތުރު ކުރިޔަސް އެ އަސަރެއް ނުފޮހެވޭ!
ޢާއިލީ ގުޅުމާއި އެކުވެރިކަން ހިތާ ވަތްކެއް ނުވޭ!
މަންޒިލަށް ދިޔަ މަގުމަތީ ބައްދަލުވެ އެކުގައި އުޅެވުމުން
ނަން ހަނދާނަށް އަންނަ ހިނދު އެ ހަނދާނުގައި ގިސްލާރޮވޭ!
ނަމަވިޔަސް ކީއްތޯ ކުރާނީ ކަން ހިނގާ މީ އާދައޭ
ހަމަ ޔަގީން އެކަކަށްވިޔަސް މިތަނަކު ކުޅޭކަށް ނުހުރެވޭ!
ދަތުރުވެރިޔަކު ނުހަނު އެކުވެރި ވަކިވެ ދިއުމުން ދާއިމަށް
ހިތުގެ ޚާލިޞް ހެޔޮ ދުޢާ ތަކުރާރުކޮށް ތަކުރާރުވޭ!
ކޮންމެ މީހަކުވެސް ކުރަންއޮތް ދަތުރުކޭ އޭ ކަށަވަރޭ
އެންމެނަށް އެނގި ހާމަވާ ކަމެކޭ މިއީ އޮޅުމެއް ނުވޭ!
ކޮއްތު ދަރު ބޯފެން އެ ދަތުރަށް ހަމަކުރާށޭ ގަދައަޅާ
ބުއްދިވެރި ގޮތަކީ އެ އިއްޔޭ މިކަމުގައި ވަރުބަލި ނުވޭ!
އަންނަމުން މަޑު ކޮށްލަމުން ފުރަމުން މިހިރަދާ ދިއުުމުގައި
ދަންނަ މީހުން ރޮއްވަމުންދާ ދިއުމަކަށް ނިމުމެއް ނުވޭ!
ކޮންމެ ވަގުތަކުވެސް ފުރައިގެން ދާން ތިމާ ޖެހިދާނެޔޭ
އޮންނަ ހަމަކަން ދުންޔަވީ ދަނެގެން އެ އަށް ތައްޔާރުވޭ!
