Support Us

ނައިފަރު މަގުތައް ނުހެދި ލަސްވުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: ޑރ. މުއިއްޒު

ޅ. ނައިފަރުގެ މަގު ހެދުމުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަޖެޓްކޮށްފައިވާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވުމަކީ އެރަށުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒް ވިދާޅުވެއްޖެއެވެ.

އާބާދީގައި 5،600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ މަގުތައް ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށް ބޮޑެތި ގެއްލުންތައްވެ، ވިއްސާރަ މޫސުމުގައި ހިނގާބިނގާވާ މީހުންނަށާއި ސްކޫލު ކުދިންނަށާއި ބެލެނިވެރިންނަށާއި ހޮސްޕިޓަލަށްދާ މީހުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކާއި އުނދަގޫތަކުގެ ވާހަކަތައް ހާމަކުރުމަށް "މަގުތައް އޯކޭތަ؟" މި ނަމުގައި ޒުވާނުން އިސް ނަގައިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސައިކަލްބުރަށް އިޝާރާތް ކުރައްވައި ޑރ. މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނައިފަރު މަގުތައް ހެދުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމަވައި އެ މަޝްރޫއުގެ ސާވޭތައްކޮށް މަގުތަކުގެ ޑިޒައިން ވެސް ނިންމަވައި އެ ކަމަށް ބޭނުންވާ ބަޖެޓް ވެސް އޮތީ އޭރު ހަމަޖައްސަވައިފައި ކަމަށެވެ.

ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ހަމަޖައްސާފައި އޭރު އޮތީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުންނެވެ.

ޅ. ނައިފަރުގެ މަގުތައް ހަލާކުވެފައި މައްސަލައިގައި ބޭއްވި ސައިކަލް ބުރުގެ ތެރެއިން.. -ފޮޓޯ: އަހުމަދު ޝިފާއު

މި ކަމާ ގުޅިގެން ނައިފަރު ކައުންސިލްގެ ރައީސާ ވިދާދު އަބްދުﷲ މިއަދު ވިދާޅުވީ އެރަށު މަގު ހެދުމުގެ މަޝްރޫއު ނުފެށި އޮތީ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމިގެން ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކުރި ކުންފުންޏަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެމަސައްކަތް ނިންމާފައި ނުވުމުން، އެމީހުންނަށް އިތުރަށް ދިން މުއްދަތުގައި ވެސް އެ މަސައްކަތް ނިންމާފައި ނުވާތީ މިހާރު އެމީހުންގެ އަތުން އެ މަސައްކަތް އަތުލާ އެމްޑަބްލިއުއެސްސީން އެމަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް ނުފެށި ލަސްވަމުންދަނީ ކޮވިޑް19 އާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާގެ މަސައްކަތް ގާތްގަނޑަކަށް 75 ޕަސެންޓް ނިމިފައި އޮތީ. އަށްޑިހަ ޕަސަންޓް ނިމުމުން މަގު ހެދުމުގެ މަސައްކަތް ފަށާ ގޮތަށް އޭރު ހަމަޖައްސާފައި އޮތީ. ނަމަވެސް މިހާރު އެމަސައްކަތް ހަވާލުކުރި ކުންފުންޏަށް އެ މަސައްކަތް ނުނިންމިގެން އެމްޑަބްލިއުއެސްސީން އެމަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވަނީ،" ވިދާދު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ އެރަށުގެ މަގުތަކަށް ވެލި އަޅައި މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ކައުންސިލުން ވަރަށް އަވަހަށް ކުރާނެ ކަމަށާއި އެ މަސައްކަތް އެރަށުގައި ފްލެޓް އަޅާ އާރުސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. ނައިފަރުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން 2017 ވަނަ އަހަރު އެމްޓީސީސީން ވެސް ވަނީ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފައެވެ.

ނައިފަރުގެ މަގުތަކަށް ކުރިމަތިވެފައިވާ އަޑިގުޑަންވުމުގެ މައްސަލަ އާއި ވިއްސާރަވެލާއިރަށް މަގުތަކުގައި ފެންގަނޑު ހެދިފައި އޮންނަ މައްސަލަ އަށް ހައްލެއް ނުލިބި ރައްޔިތުން ކަންބޮޑުވެފައިވާއިރު އެރަށުގެ މަގުތައް ހައްދަވައިދެއްވާނެ ކަމަށް، ނައިފަރާ ޖެހިގެން އޮންނަ ހިންނަވަރަށް އުފަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިދިޔަ އަހަރު އެމްޑީޕީން ނައިފަރުގައި ބޭއްވި ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. Jazeera yaka thaaru noonee gaaelhi mage beynumenuvaane noontho.. Jazeera yaa city life husha elheema amillaya Jazeera nagaafa dhen mihaaru maguhadhan.?? hamayenujehey

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *