މަނީ ލޯންޑަރިންގެ މައްސަލައިގައި ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފްގެ މައްސަލަ އިންސާފުވެރިކަމާއެކު ކޯޓުތަކުގައި ކުރިއަށް ހިނގައްޖެ ނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން މިހެން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަން.ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަން.
— Abdul Raheem Abdulla (@Banafsaa) October 8, 2020
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކުރުމުން ދޭހަވެގެންދާ އެއްޗަކީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ މައްސަލަވެސް މިހާރު ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާއިރު އެ ޝަރީއަތް ވެސް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ސަރުކާރުން ދީފިއްޔާ ރައީސް ޔާމީން މިނިވަންވާނެކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
RY ge account freeze kuri massala SC in miadhu nimmi nimmumun dheyhavanee sarukaarun RY ah kuramundhanee nuhaqqu aniyaakan. Mihaarun mihaarah RY minivan kurumah govaalan.
— Adam Shareef Umar (@Adamshareefz) October 8, 2020
"އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު މިސަރުކާރުން ދީފިއްޔާ ރައީސް ޔާމީން މިނިވަންވާނެ ކަމާ މެދު އެއްވެސް ސުވާލެއް ނެތް. އެކަމަކު އަޅުގަނޑުމެން ބިރުގަންނަނީ މިސަރުކާރުގެ ނުފޫޒު ކޯޓުތަކަށް ފޯރާނީ ކިހާވަރަށްތޯ. އެހެން ދަންނަވަން މިޖެހެނީ އެނގިވަޑައިގެންނަވާނެ ރައީސް ޔާމީން މިހާރު ނުހައްގުން ޖަލަށްލާފައި އެއޮތީ ސަރުކާރުން ރައީސް ސޯލިހް އިސްވެ ހުންނަވައިގެން ހަތަރެސްފައި ބާނައިގެން، ދޫބާނައިގެން ކުރި ހުކުމެއްގެ ސަބަބުން،" އަބްދުއްރަމީމް ވިދާޅުވި އެވެ.
Government defeated in Supreme Court appeal against lower court verdict barring attempt at freezing President Yameen’s personal bank account. Proves his imprisonment is politically-motivated. #FreePresidentYameen @Banafsaa @Shiyamaldives @MMuizzu @em_saeed @ProgressPartyMV
— Mohamed H. Shareef (@mundhu_maldives) October 8, 2020
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ފަނޑިޔާރަކު މިއަދު ސުޕްރީމް ކޯޓުގެ ބެންޗުގައި އިނުމަކީ ވެސް މި ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް ފޯރަމުންދާކަމުގެ ހެއްކެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް މިސަރުކާރުން އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ ދައުވާ ކަމަށާއި މިކަމަކީ ނުހައްގުން ރައީސް ޔާމީނަށް އަނިޔާކުރުމުގެ މަގުސަދުގައި ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Dhaadhi dhemme aku Dhivehi Raajjeyge Supreme Courtun ivvi hukumun engenee Raees Yameen ge mahchah ufulafaiva dhauwa thakakee sahha dhauwa thakeh noonkama adhi Criminal Courtun ivvafaiva hukumakee baathil hukumeh kan. Mihaarun mihaarah Raees Yameen minivan kuran govaalan. pic.twitter.com/oVuIBqO6R8
— Ahmed Shiyam (@Shiyamaldives) October 8, 2020
"މިއަދު ސުޕްރީމް ކޯޓުގެ ނިންމުމުން ކަށަވަރުވެގެންދިޔަ ކަމަކީ ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރުން އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ބާތިލް ދައުވާތަކެއްކަން. ސިޔާސީ ދައުވާތަކެއްކަން. ނުހައްގުން ރައީސް ޔާމީންނަށް އަނިޔާ ދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހިނގަމުންދާ ކަމެއްކަން. އެހެންވެ އަޅުގަނޑު މިހާރުން މިހާރަށް ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ބޭނުން ރައީސް ޔާމީންނަށް ނުހައްގުން ތިކުރައްވާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލައްވާ މިހާރުން މިހާރަށް (ރައީސް ޔާމީން) މިނިވަން ކޮށްދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
Raees Yameen ge mahchah koffaivanee siyaasee dhauvaa thakekkan miadhuves mi saabithvegen dhiyaee. #FreePresidentYameen
— Dr Mohamed Muizzu (@MMuizzu) October 8, 2020
އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުން މިހެން ހަނު ތިބޭނެ ދުވަސް ނިމެންދެން މާގިނަ ދުވަހެއް ނެތް ކަމަށާއި ރައްޔިތުން އެ ރައްޔިތުންގެ ހައްގުތައް ހޯދަން ނިކުންނާނެ ކަމަށާއި އެ ހައްގުތައް ކަށަވަރުކުރެވޭނީ ރައީސް ޔާމީން މިނިވަންކޮށްގެން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރަން ރައްޔިތުން ނިކުތީމަ ރައީސް ސޯލިހަށް ވެސް ރައީސް ޔާމީން މިނިވަންނުކޮށް ނުހުންނެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Aniyaaverikan isnukoh, Raees Yameen mihaarun mihaarah minivan kurumah govaalan @ibusolih @MohamedNasheed
— Mohamed Saeed (@em_saeed) October 8, 2020



advertisment