Support Us

ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލް ހިންގިކަމުގެ ތުހުމަތަށް ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަސް ވަނީ ދީފައި

ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލް ހިންގިކަމުގެ ތުހުމަތުގައި ފިލްމު ކުޅޭ މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ރިހުލާ ހުޅުމާލެއިން ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލެއް ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންގެ ނަމެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެހިކަލްގައި އެ ދެ މީހުން ގެންދާތަން ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެެވެ.

"ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަސް ވަނީ ދީފައި،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ގެންދިޔައީ ޔުނާންގެ ދެމަފިރިންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށް، އެމީހުން ހައްޔަރުކުރަން ގޮވާލަމުންނެވެ. އަދި ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭކައިރިއަށް އިއްޔެ ހަވީރު އެއްވެގެން ވެސް ބަޔަކު ވަނީ އެމީހުން ހައްޔަރުކުރުމަށް ގޮވާލާ ނުރުހުން ފާޅުކޮށްފައެވެ. މުޒާހަރާގެ އަޑު ގަދަވެ ފުލުހުންގެ ހިމާޔަތަށް އެދުމުން، ފުލުހުން ވަނީ އެ ދެ މީހުން އެގެއިން ނެރެގެން، ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގެ ދެ މީހެއްގެ އެދުމުގެ މަތިން ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތްދީ ފުލުހުންގެ ވެހިކަލްގައި އެ ސަރަހައްދުން ގެންގޮސްފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *