Support Us

އަދީބު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގެ ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފްވެވަޑައިގަތުމާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ނިމެންދެން އަދީބު ބަހައްޓާފައި ހުރީ ޖަލުގައެވެ.

ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އަދި އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ކިހާ މުއްދަތަކަށް ކަމެއް ވެސް ވިދާޅެއްނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ކުރާ ދައުވާތަކަށް އަދީބު މިދިޔަ ހަފުތާގައި އިއުތިރާފްވެވަޑައިގަތުމާ ގުޅިގެން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ހުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ވަނީ ޝެޑިއުލްކޮށްފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ކުށްތަކަށް އިއުތިރާފްވެވަޑައިގެން، ކުރެވިފައިވާ ކުށަށް ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ސިއްހީ ހާލުކޮޅު ގޯސްވެގެން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަދީބު ގެއަށް ބަދަލުކޮށްދިނުމަށާއި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވައިދިނުމަށް ވެސް އަދީބުގެ ވަކީލުންގެ ފަރާތުން އެދިފައިވެ އެވެ.

އަދީބު ގޭބަންދުގައި ހުއްޓައި، މީގެ ކުރިން ވަނީ ޓަގު ބޯޓެއްގައި ފިއްލަވަން އުޅުއްވަނިކޮށް އިންޑިއާއިން ހައްޔަރުކޮށްގެން މާލެ ގެނެސްފައެވެ. އޭގެ ފަހުން އަދީބު ގޭބަންދުގައި ބަހައްޓާފައި ހުރީ ފައިގައި ޓެގް އަޅުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Engeyey! Engeyey! Kurinves engeyey! Gina duvaheh nuve eyna hunnaanee furihams minivanegge gothugai, daan beynun tanakah diyumsh huraheh nethi PP aai ID jeebah laigen hevilaafai taataa kiyamun Court ah gos Yaameen aai dhekolhah hekibas dheefai India-Raajje ferry aai dhimaalah baarah gosgos. Dhen fennaanee e ferry ge falkaa therein!!!! Dhoa? N

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *