Support Us

ބޮޑު ދެ ގިނިހިލަ މުޑިއެރުމުން މަންޒަރު ފެންނާނެ ގޮތުގެ ހިޔާލީ ކުރެހުމެއް

"ބޮޑެތި ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރެވޭނީ ނިއުކްލިއަ ބޮން އަޅައިގެން"

ބޮޑެތި ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރެވޭނީ އެ ތަކެތީގައި ނިއުކްލިއަ ބޮން ގޮއްވައިލައިގެން ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެފިއެވެ.

އެ މީހުން ބުނީ ދުނިޔެއިން އެތައް ދިރުމެއް ނެތިގެންދިޔަ ސަބަބެއް ކަމަށްވި، ދުނިޔެއަށް ވެއްޓުނު ބޮޑެތި ގިނިހިލަ ފަދަ ގިނިހިލަތައް އަދިވެސް އުޅޭ ކަމަށެވެ. އަދި އެ ތަކެތި އުޅެނީ ދުނިޔެއާ ކައިރީގައި ކަމަށާއި ނަމަވެސް ބައެއް ފަހަރު އެ ތަކެތި ނުފެންނާތީ އެ ތަކެތި އުޅޭކަން ދެނެގަނެވެނީ ދުނިޔެއާ ކައިރިވުމުން ކަމަށެވެ.

ޗައިނާގެ ސައިންސްވެރިން ބުނީ ނިއުކްލިއަ ބޮން އެ ތަކެތީގައި ހަރުކޮށްފައި އެ ތަކެތި ގޮއްވައިލުމުން އެ ތަކެތި ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ނުވަތަ އެ ތަކެތި ދަތުރުކުރަމުންދާ މަގު ނުވަތަ އޯބިޓް ބަދަލުކުރެވުމުން ދުނިޔެއަށް ނުވެއްޓި ދުނިޔެ ސަލާމަތްކުރެވިދާނެ ގޮތް ހެދިދާނެ ކަމަށެވެ.

ސްޕޭސް: ސައިންސް އެންޑް ޓެކްނޮލޮޖީ ޖާނަލްގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވަނީ ޗައިނާގެ ޗައިނާ އެކަޑެމީ އޮފް ލޯންޗް ވެހިކަލް ޓެކްނޮލޮޖީން ސިމިއުލޭޓްކުރީ ޖައްވީ އުޅަނދެއް ގިނިހިލައެއްގައި ފުން "ލޯވަޅެ"އް ތޮރުފައިފައި އޭގެ ތެރެއަށް ނިއުކްލިއަ ބޮމެއް ލާ ގޮތް ކަމަށެވެ. ސިމިއުލޭޝަނުން ދެއްކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާންގެ ހިރޮޝިމާއަށް އެމެރިކާއިން އެޅި ނިއުކްލިއަ ބޮމުގެ 200 ގުނަ ބާރުގަދަ ނިއުކްލިއަ ބޮމެއް 100 މީޓަރުގެ ދިގުމިން ހުރި ގިނިހިލައެއް ހަލާކުކޮށްލާ ގޮތެވެ. އަދި އެއް ކިލޯމީޓަރުގެ ދިގުމިން ހުރި ގިނިހިލައެއްގެ އޯބިޓް ބަދަލުކޮށްލާ ގޮތެވެ.

"ދުނިޔެއާ ކައިރީގައި އުޅޭ ބޮޑެތި ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރުމުގައި އިންޖިނިއަރިން ދާއިރާއިން ފަރުމާކުރެވިދާނެ ނިޒާމުތަކަށް މި ދިރާސާ އެހީއަކަށްވާނެ،" ދިރާސާގައި ބުނެފައިވެއެވެ.

ދުނިޔޭގެ ހިމާޔަތަށްޓަކައި، ގިނިހިލައެއްގެ އޯބިޓް ބަދަލުކޮށްލަން ޖައްވީ އުޅަނދެއް އެ ގިނިހިލައާ މުޑިއަރުވައިލަން ޗައިނާއިން މިހާރު ވަނީ ނިންމައިފައެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 2022 ގައި މި ފަދަ މިޝަނެއް ހިންގި ނަމަވެސް، އެ ފަހަރު ޖައްވީ އުޅަނދެއް މުޑިއަރުވައިލި ގިނިހިލައިގެ އޯބިޓް ބަދަލެއްނުކޮށްލެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *