މަތީގައިވާ ތަސްވީރާ ބެހޭގޮތުން ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮތީ، އެއީ އިޒުރޭލުގެ އަނިޔާވެރި ސިފައިންގެ މީހަކު ފަލަސްޠީނުގެ ޒުވާނަކަށް ޙަމަލާދޭ މަންޒަރު ދައްކުވައިދޭ ތަސްވީރެއް ކަމަށެވެ. ނަމަވެސް، އެއީ ޣައްޒާ ނުވަތަ ހުޅަނގު އައްސޭރިއާ ގުޅުންހުރި ތަސްވީރެއް ނޫނެވެ.
އެ ތަސްވީރުން ފެންނަނީ މަޣުރިބުކަރައިގެ ސިފައިންގެ މީހަކު، މަޣުރިބުކަރައިގެ ޒުވާނަކަށް ހިލަގަނޑަކުން ޙަމަލާދޭ މަންޒަރެވެ. އެ ސިފައިންގެ މީހާގެ ސިކުނޑި ސަލާމަތުން އެބަހުރި ބާވައޭ ހިތަށް އަރައެވެ. ސިފައިން ނުކުމެ އެތިބީ މަޣުރިބުކަރައިގެ ރަސްގެފާނޭ ކިޔޭ ޔަހޫދީކަލޭގެ ރަސްކަން ޙިމާޔަތްކުރުމަށްޓަކައި ރައްޔިތުން ތަޅައި ރޯނާގަންނަވާށެވެ. އެމީހުން ހަމައެކަނި އަމުރުތައް ލިބި، ކިޔަމަންތެރިވަނީ މަސްތުގެ ޙާލަތުގައި ހޭނާރާއުޅޭ ރަސްގެފާނޭ ކިޔޭ ޝައިޠާނަށެވެ. އޭނާގެ ނަން މިތަނުގައި ނުލިޔުނީ އެކަލޭގެ ނަން ނިސްބަތްވަނީ، އަހުރެމެންގެ ކައު ޞާހިބާގެ ނަންފުޅާ ކަމަށްވާތީއެވެ. އެ ނަންފުޅަށް ހިތުގައި އޮންނަ ލޯތްބާއި، އިޙުތިރާމެއްގެ ބޮޑުކަމުން ފަހަރެއްގައިވެސް، ބޭއަދަބީ ބަހެއް ބުނެވިދާނެތީއެވެ.
މުސްލިމް ސިފައިންގެ މީހަކަށް ވެރިމީހާއަށް ކިޔަމަންތެރިވުމުގެ ގޮތުންވެސް މާތްރަސްކަލާނގެއަށް އުރެދިގަތުމެއް ހުއްދަވެގެނެއް ނުވެއެވެ. ހަތިޔާރެއް ނެތް ރައްޔިތުން ހައްމަތަކުރެވޭނެ ކިތަންމެ ގޮތްތަކެއް ހުންނާނެއެވެ. އަނިޔާވެރިކަން އިންތިހާއަށް ދިއުމުގެ ނަތީޖާ އިހަށްދުވަހުވެސް ފެނިގެން ހިނގައްޖެއެވެ. އެގޮތުން، ރައްޔިތުންނަށް ވާނުވާ ނާންގައި، އެމެރިކާއާއި އިޒުރޭލުގެ ރޭވުމާ އެއްގޮތަށް ސްޕޭނަށް ދުއްޕާންކުރުމުގެ ގޮތުން ސްޕޭނުގެ ކޮންޓްރޯލް އޮންނަ ސިއުޓާގެ ސަރަޙައްދީ އިމުން އެތައް ބަޔަކު ދޫކޮށްލުމުގެ ނަތީޖާއަކީ އޭގެތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމެވެ. މިއަދު، މަޣުރިބުކަރައިގެ އެތައް ހާސް މީހުން ޔޫރަޕަށް ފިލައިގެންދާތަން ފެނުމުން، އަހުރެމެން ހައިރާންވާކަށް ނުޖެހެއެވެ. އެއީ، އެތައް އަހަރެއްވީ އަނިޔާއާއި، ފަޤީރުކަމާއި، ބަނޑުހައި ހޫނުކަމުގެ ނަތީޖާއެވެ.
ޢާލަމީ ޢަސްކަރީ ބާރުގެ އިންޑެކްސް އިން ދައްކާ ގޮތުގައި މި އަހަރު މޮރޮކޯގައި އެކްޓިވް ޑިއުޓީގައި ތިބި ޢަސްކަރީ މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ ގާތްގަނޑަކަށް 400،000 އެވެ. އޭގެ އިތުރުން 150،000 އާއި 250،000 ދެމެދުގެ ޢަދަދެއްގެ ރިޒާވް ސިފައިން އެބަތިއްބެވެ. އަދި ޕެރަމިލިޓަރީ ފޯހުގައި އިތުރު 50،000 ސިފައިން އެބަތިއްބެވެ.
އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި އަހަރު މޮރޮކޯގެ އާބާދީއަކީ ގާތްގަނޑަކަށް 38.76 މިލިއަންއެވެ. ސާފު ޢަދަދުން ބަޔާންކުރާ ނަމަ 38،762،441 އެވެ.
ޖުމްލަ 38 މިލިއަން މީހުން، އެމީހުންގެ މަސްތީ ރަސްގެފާނާއި، އޭނާގެ ސިފައިންނާއި، ރިޔާސީ ގަނޑުވަރަށް، އެންމެން އެއްފަހަރާ ކުޑަގިފިލިކުރި ކަމުގައިވިޔަސް، އެ އެންމެން ފިރުޢައުނާއި، އޭނާގެ ލަޝްކަރު ރަތްކަނޑުގައި ޣަރަޤުވީހެން، ޣަރަޤުވެ ހަލާކުވެއްޖައީހެވެ. އެހެންވީމާ ބަލިކަށިވެ، ފިނޑިވެގެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކަނޑު ހުރަސްކޮށް 30 ކިލޯމީޓަރު ދުރަށް ފަތައިފައި ގޮސް ސިއުޓާއަށް އެރުމުގެ ހިތްވަރު ލިބިފައިވީއިރު، ފަހަތަށް ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންގެ ދީނާއި، ބިމާއި، ވަޞީލަތްތައް ޔޫރަޕަށް ވިއްކާލި މަކަރުވެރި އިޔަހޫދި ރަސްގެފާނު ދެކެ ބިރެއް ގަންނާނެ ކަމެއް ނެތެވެ.
އޭ މަޣުރިބުގެ ހިތްވަރުގަދަ ރައްޔިތުންނޭވެ. ތިޔައީ ޠާރިޤު ބިން ޒިޔާދުގެ ވާރިސުންނެވެ. ތިޔައީ މޫސާ ބިން ނުޞެއިރުގެ ލޭ ހިނގާ ހިތްވަރުގަދަ މުޖާހިދުންނެވެ. އެ މަކަރުވެރިޔާ ވައްޓާލުމަށް ތެދުވާށެވެ. ބަނޑުހައި ހޫނުކަމާއި، ފަޤީރުކަމުން ފިލައިގެން ދާން އުޅޭ ބައެއްގެ ގޮތުގައެއް ނޫނެވެ. ފާތިޙުންގެ ގޮތުގައި ކަނޑުތައް ހުރަސްކޮށް، މާތްރަސްކަލާނގެ ޝަރީޢަތާއި އެއްގޮތަށް ވެރިކަންކޮށް، ޠާރިޤު ބިން ޒިޔާދުގެ ލަޝްކަރު ފަދަ ލަޝްކަރުތައް އުފައްދާނޭ ވެރިއަކު، ވެރިކަމަށް ގެނައުމަށެވެ!
