Support Us

މާލޭ ސްކޫލްތަކުގެ ގްރޭޑް 9 އިން 12 ގެ ކިޔެވުން އަންނަ މަހު 4 ގައި ފަށަނީ

ކޮވިޑް19 އާ ގުޅިގެން މާލޭ ސިޓީގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ގްރޭޑް 9 އިން 12 ދަރިވަރުންގެ ކިޔެވުން އަންނަ މަހު ހަތަރު ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ގްރޭޑްތަކުގެ ކިޔެވުން އަލުން ފަށަން ނިންމީ ކޮވިޑް19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ކަމަށެވެ.

ކޮވިޑާ ގުޅިގެން މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށި އެވެ. އެފަހަރު ވެސް މާލެ ސިޓީގެ ސްކޫލްތައް ހުޅުވައިގެން ކިޔަވާދެމުން ގެންދިޔައީ ގްރޭޑް 9 އިން 12 ގެ ގްރޭޑްތަކަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ އެހެން ސަރަހައްދެއްގެ ސްކޫލްތަކެއްގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އޭރުން ފެށިގެން މެދުކެނޑުމެއް ނެތި ގެންދަނީ ކިޔަވައިދެމުންނެވެ.

ކޮވިޑް19އާ ގުޅިގެން މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށް އަދި ޓީވީ މެދުވެރިކޮށް ގެނެސްދޭ ޓެލެކްލާސްތައް މެދުވެރިކޮށެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 10،014 އަށް އަރާފައިވާއިރު ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވްވާ މިންވަރު ވަނީ ދަށަށްގޮސްފައެވެ. ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ދަށްވިނަމަވެސް އަދިވެސް ބަލީގެ ނުރައްކާ ކުޑަނުވާ ކަމަށާއި ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް ހެލްތް އެމެޖެންސީ ސެންޓަރުގެ ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑާ ގުޅިގެން އަޅަން ފަށައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަހަލަ ކަންކަމަށް ލުޔެއް ދިން ނަމަވެސް ނިއުނޯމަލްގައި ދަސްވި އާދަކާދަތައް އެޗްޕީއޭއާ އެކު ދުވަސްކޮޅަކަށް އަދިވެސް ހިފަހައްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *