Support Us

އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ކްރިޓިކަލް ކެއާ 60 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒްއެވެ. ރާއްޖެއިން އެ ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެންނެވީ ލަންކާގައި ހުންނަވަ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް (ޔޫއެސްއޭއައިޑީ) އެމެރިކާއިން ހަދިޔާކުރި ވެންޓިލޭޓަރުތައް ލިބުމުން ރާއްޖޭގެ އައިސީޔޫގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ. އަދި ނުރައްކަލުގެ ހާލަތަށް ތައްޔާރުވާ މިންވަރު ރަނގަޅު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ވެންޓިލޭޓަރުތަކާ އެކު އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީގެ އަދަދު ހަތަރު މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ މިއަދު ރާއްޖެއަށް ހަދިޔާ ކުރި ވެންޓިލޭޓަރުތަކަކީ މުޅިން އާ ވެންޓިލޭޓަރުތަކެއް ކަމަށާއި އެތަކެތި ބޭނުން ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *