Support Us

ހދ. ހިރިމަރަދޫގެ އަތިރިމަތި

ހިރިމަރަދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކައުންސިލް އިންތިހާބްގައި އެމްޑީޕީ ޓިކެޓްގައި ހދ. ހިރިމަރަދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓް އައްސަދު މުޖުތަބާ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.

"އަދިވެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިރިމަރަދޫގައި ހުންނަ ފެނަކައިގެ ސުޕަވައިޒަރުގެ މަގާމުގައި މިހާރު ވެސް ހުރި އައްސަދު ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށިން އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި އިއްޔެ ހަވީރުގެ ވަގުތެއްގައި 26 އަހަރު ފިރިހެނަކު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހިރިމަރަދޫގެ ފެނަކައިގެ ސުޕަވައިޒަރު ކަމަށް އައްސަދު ހަމަޖައްސާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ފަސްކުރި ފަހުންނެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ ސިޔާސީ މަގާމެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *