Support Us

ޕީ.ޕީ.އެމްގެ އެޑްވައިޒަރު ކަމަށް ޑރ. ޝަހީމް އައްޔަން ކުރަނީ

ޕީ.ޕީ.އެމްގެ އެޑްވައިޒަރު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރާ ގޮތަށް ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީ.ޕީ.އެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް މަސައްކަތް ކުރެއްވި ޑރ. ޝަހީމު، ޕީ.ޕީ.އެމްގެ އެޑްވައިޒަރު ކަމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުއެވެ.


ޕީ.ޕީ.އެމް އަކީ މިހާރު އެންމެ އެޑްވައިޒަރުން ގިިނަ ޕާޓީއެވެ. އެޑްވައިޒަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެއަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ.

ރިޔާސީ އިންތިހާބުގެ 2018 ގައި ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ޑރ. ޝަހީމު ވަނީ ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ޑރ. ޝަހީމު އެނބުރި ރާއްޖެ ވަޑައިގަތީ މި މަހު ކުރީކޮޅުއެވެ.

ޑރ. ޝަހީމު ޕީ.ޕީ.އެމްގެ ކުރީ ސަފާ އަލުން ގުޅިވަޑައިގަތުމުން، 2023 ގެ ރިޔާސީ އިންތިހާބުގެ ޕީ.ޕީ.އެމް/ޕީއެންސީ ޓިކެޓަށް އޮތް ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް، ސިޔާސީ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް