Support Us

ކޮލަމް: އަލި

ކޮލަމް އަލި: "މޫތައް ވަރުގަދަ ގަހެއް، ވައިރޯޅިތަކަށް ނުސިހޭނެއެވެ."

ދިރިއުޅުމުގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ނުގުޑައި ސާބިތުވެ ހުރުމަށް ޓަކައި، ތިމާގެ ނަފުސުގެ އަސާސްތަކާއި އަގުތައް ވަރުގަދަކުރާން އިސްކަންދޭށެވެ. ގަހެއްގެ މޫތައް ބިމުގެ އަޑިއަށް ފުންކޮށް ފެތުރިފައި ހުރުމަކީ ގަދަ ވަޔާއި ތޫފާންތަކުން އެ ގަސް ސަލާމަތްކޮށްދޭނެ ކަމެކެވެ. ހަމަ

މި ބީދައިން ތިމާގެ ކިބައިގައި ހުންނަ ނަފްސާނީ އަދި އަޚްލާޤީ ވަރުގަދަ އަސާސްތައް ވަނީ ދިރިއުޅުމުގެ އުނދަގޫ ދަނޑިވަޅުތަކުގައި ތިމާ ސަލާމަތްކޮށްދޭނެ އައްޑަނަތަކަށެވެ.

މިހެންވުމުން، ތިމާއަށް އެހެންމީހުން ކިޔާ ފާޑުކިއުންތަކާއި ކުރިމަތިކުރުވާ ހުރަސްތަކާ މެދު މާބޮޑަށް ކަންބޮޑުވުމުގެ ބަދަލުގައި، އަމިއްލަ ނަފްސުގެ އިތުބާރާއި، ތެދުވެރިކަމާއި، މާތް އަޚްލާޤު ބިނާކޮށް ވަރުގަދަކުރުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. ތިމާގެ ޢިލްމާއި، ހުނަރާއި، ސާބިތު އަޒުމް ވަރުގަދަކޮށްފި ނަމަ، ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިވާ އެއްވެސް ލޮޅުމަކަށް ތިމާ ބަލިކޮށެއް ނުލެވޭނެއެވެ.

ހަނދާންކުރާށެވެ! ހަގީގީ ކާމިޔާބީއަކީ ހަމައެކަނި ފަސޭހަ ހާލަތްތަކުގައި ހޯދޭ އެއްޗެއް ނޫނެވެ. ކާމިޔާބު ހިނިތުންވާނީ އެންމެ އުނދަގޫ ދަނޑިވަޅުގައި ވެސް ގުޑުމެއް ނެތި ސާބިތުވެ ހުރުމުގެ ބާރު ތިމާގެ ކިބައިގައި ގަދަފަދަކަމާ އެކު ހުރެގެންނެވެ.ތެދެކެވެ! ގަހުގެ މޫތައް ވަރުގަދަ ނަމަ ޖެހޭ ރޯޅިޔަކަށް ގަހެއް ނުސިހޭނެތެވެ!