Support Us

ފަރަށްއެރި ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ބާލައިގެން މިލަންދުއަށް މިއަދު ހަވީރު ގެންނަނީ

ފަރަށް އެރި ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ބާލައިގެން މިލަންދުއަށް ގެންގޮސްފި

ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނުތަކެއް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މި މަހު 13 ވަނަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓީގައި ހުރި އިންޖީނުތަކާއި ޕެނަލް ބޯޑު ބާލައިގެން ށ. މިލަންދުއަށް މިއަދު ހަވީރު ގެންގޮސްފިއެވެ.

އިންޖީނުތަކާއި ކޭބަލް ރޯލްތައް ބޭލި ނަމަވެސް، ކޮޅުވެއްޓި އަދިވެސް ފުނެއްނުވެއެވެ. ފަރުމަތީގައި ކޮޅުވެއްޓި ހުންނަތާ މިހާރު 10 ދުވަސްވީއެވެ.

ތިން އިންޖީނާއި ޕެނަލް ބޯޑު ބޭލީ ލިއޯ ކުންފުނީގެ ކޮޅުވެއްޓިއެއްގައި ކެރޭނެއް ހަރުކޮށްގެންނެވެ. މި ތިން އިންޖީނަކީ ހއ. އިހަވަންދުއާއި ހއ. ފިއްލަދުއާއި ހއ.ދިއްދޫ އަށް ގެންދާ ޖެނަރޭޓަރު ސެޓުތަކެކެވެ.

ފެނަކައިގެ އިންޖީނުތަކާއި ކޭބަލްތައް ހިފައިގެން ދިޔަ، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ މި ކޮޅުވެއްޓި ނަލަންދޫ ފަރަށް އަރައި ވަރަށް ބޮޑަށް ދިޔަވަމުންދާތީ، އޭގައި ހުރި ކޭބަލް ރޯލްތައް ބާލައި އެމް.ޓީ.ސީ.ސީގެ ބާޖަކަށް އަރުވައިގެން މީގެ ދެ ދުވަސް ކުރިން ވަނީ މިލަންދޫއަށް ގެންގޮސްފައެވެ.

ފަރަށްއެރި ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ބާލައިގެން މިލަންދުއަށް މިއަދު ހަވީރު ގެންނަނީ

ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ ހުރީ އިންޝުއަރކޮށްފައި ކަމަށް އެމް.ޑީ އަހުމަދު ސައީދު މީޑިއާގައި ވިދާޅުވެފައި ވީނަމަވެސް، ކޮޅުވެއްޓި ފަރަށް އަރައި، ދިޔަވެ، އިންޖީނުތަކަށް ގެއްލުންވެ، މުދާތައް އެއް ތަނުން އަނެއް ތަނަށް އުފުލަމުންދާއިރު އިންޝުއަރެންސް ކުންފުނީގެ ފަރާތުން އެއްވެސް މީހަކު އެތާކު ނެތެވެ. އިންޝުއަރކޮށްފައި ވަނީ ކޮން ކުންފުންޏެއްގައި ކަމެއްވެސް އަދި ނޭނގެއެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުދާ ރަށްރަށަށް އުފުލާއިރު، އެ ތަކެތި ގެންދަން ޖެހެނީ އިންޝުއަރކޮށްފައި ހުންނަ އުޅަނދުފަހަރުގައެވެ. އަދި އެ މުދާ ވެސް ހުންނަން ޖެހެނީ އިންޝުއަރކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދު ފުރުމުގެ ކުރިން، އޭގެ ސަލާމަތީ ކަންކަން ބަލައި، ޗެކްކުރަންޖެހެއެވެ.

ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ އުފުލަން މި ކޮޅުވެއްޓި ކުއްޔަށް ހިފީ ވެސް، އާންމުކޮށް އިއުލާންކުރުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.

ފެނަކައިގެ ކޮރަޕްޝަންގެ 27 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދާދި ފަހުން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގެ ތެރޭގައި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން، ކޮރަޕްޝަންގެ ބޮޑެތި އަމަލްތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އެ މައްސަލަތައް ބަލައިދޭން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި ވީނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށާއި އޭސީސީން އެމައްސަލަތައް ބެލުމުން އެކަން ސަފުވެގެންދާނެ ކަމަށެވެ. އަދި މިކަމަކީ އަމިއްލަ ބޭނުން ތަކެއް ފެނަކައިގެ ތެރެެއިން ހާސިލްނުވީމަ ކޮށްފައިވާ ތުހުމަތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮރަޕްޝަންގެ އެއްވެސް އަަމަލެއް ހިންގާފައެއް ނޯންނާނެ. ނަމަވެސް އެފަދަ މައްސަލަތަކެއް ހުށަހެޅީތީ އުފާކުރަން. ކޮންމެ ފަރާތަކުން މި މައްސަލަތައް ހުށަހެޅި ނަމަވެސް މިއީ ފެނަކައިގެ ތެރެއިން ބޭނުން ގޮތަކަށް ކަންކަން ނުވީމަ ކޮށްފައިވާ ތުހުމަތުތަކެއް. ކޮންމެ ތުހުމަތަކީ ސާބިތު ކުރެވޭނެ ކަމެއް ވެސް ނޫން. އޭސީސީން އެކަން އެނގިގެންދާނެ. މިހާރަކު މި ކުންފުނީގައި އެއްވެސް ފަރާތަކަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާކަށް ފުރުސަތެއް ނުލިބޭނެ،" "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ކުރިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *