1. ބާރުގެވެރި މީހާ ހަލާކުވެދަނީ އޭނައަށް ލިބިފައިވާ ބާރުގެ ސަބަބުންނެވެ. އެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުންނެވެ.
މުދަލާއި ފައިސާގެ ވެރިމީހާ ހަލާކު ވަނީ މުދަލާއި ފައިސާގެ ސަބަބުންނެވެ. އެ މުދަލާއި ފައިސާ ހެޔޮ ގޮތުގައި ބޭނުން ނުކުރެވުމުންނެވެ.
ޝަހުވާނީ ލައްޒަތުތައް ހޯދުމުގެ ފަހަތުން ދުވާ މީހާ ހަލާކު ވަނީ ލައްޒަތުތަކުގެ ސަބަބުންނެވެ. ހުދޫދަކަށް އަޚުލާގީ މިންގަނޑަކަށް ބެލުމެއް ނެތި އެކަމުގެ ފަހަތުން ދުވުމުންނެވެ.
2. ހަގީގީ ޖާހިލުކަމަކީ ނުދަތުމެއް ނޫނެވެ. ނޫނީ އިލްމުވެރިކަން ނެތުމެއް ނޫނެވެ. ހަގީގީ ޖާހިލުކަމަކީ އިލްމު އުނގެނުމަށް މަސައްކަތް ނުކުރުމެވެ. ކީރިތި ގުރުއާނުގައި އުނގެނުމަށް ބާރު އެޅިފައިވާއިރު ވެސް މެއެވެ! ކީރިތި ގުރުއާނުން ބާވާލެއްވުނު އެންމެ ފުރަތަމަ އާޔަތުން ވެސް މިކަން އެނގި ސާފުވެއެެވެ. އާދެ، اقرأ މިއާޔަތެވެ. އިސްލާމީ އުއްމަތް ވާންޖެހެނީ އުނގެނި އުނގަންނައިދޭ އުއްމަތަކަށެވެ.
3. އަނބިމީހާގެ ޝަކުވާ
އަނބިމީހާ (ފިރިމީހާއަށް): އަހަރުމެން ކައިވެނި ކުރުމުގެ ކުރިން، އަގު ބޮޑު ހަދިޔާތަކާއި ރަނާއި ޖަވާހިރު ވެސް ކަލާ އަހަންނަށް ހަދިޔާއަކަށް ދެމު ނޫން ހެއްޔެވެ؟ ދެން، މިހާރު އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟
ފިރިމީހާ: ވަރަށް ރަނގަޅު ވާހަކައެކެވެ. މަސް ބޭނުމަށް ފަހު، މަހާ ދިމާއަށް އެން އުކައި މަހަށް ކާންދޭން މަސްވެރިން އުޅޭ ހެއްޔެވެ؟
4. ހަކުރާއި ކިރާ ބައްދަލުވުމުގެ ކުރިން، ކޮފީއަކަށް، އޭގައި ހުރި ފޮނިކަމަކާއި މީރުކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. އިންސާނުން ވެސް ހަމަ މި ފަދައެވެ. ވަކިވަކި ފަރުދުންނަކީ ވަރަށް ވެސް ރަނގަޅު މީހުން ކަމުގައި ވެދާނެއެވެ. ނަމަވެސް، އެ މީހުންގެ ހުރި ހަގީގީ ރަނގަޅުކަން އިތުރަށް ފާޅުވެގެން ދަނީ އެ މީހުންނާ ގުޅޭ ރަނގަޅު މީހުންނާ ބައްދަލުވެ، އެ މީހުންނާ އެކުވެ، މަސްހުނިވެ އުޅުމުންނެވެ!
5. ވިއްސާރައިގެ ތޫފާންތައް އައުމުން، ހިޔާވެއްސެއް ހޯދައި ކޮކާ މަޑުޖައްސައިލައި އަރާމުކޮށްލައެވެ. އޭގެ ފިޔަތައް ހަލާކުވެދާނެތީއެވެ. މިކަމުން އިބުރަތް ލިބިގަނެ، ކަލޭގެ ހަޔާތަށް ވަޔާއި ވިއްސާރައިގެ ތޫފާން އައިސް، ވިދާ ގުގުރާ އަޑުން ހަޔާތުގެ މަގުގައި ކުރިއަށް ދިޔުމަށް އުނދަގޫވުމުން، ކޮކާ ކަންތައް ކުރާ ފަދައިން، ކުޑަކޮށް މަޑުޖައްސާލައި އަރާމު ކޮށްލާށެވެ. އެ ތޫފާނަށް ނިމުން އައުމުން، ކަލެއަށް ވެސް، ހަޔާތުގެ މަގުގައި އަލުން އުދުހެވޭނެއެވެ!
